Advertisement

ހުލާސާކޮށް އިއްޔެ: އިންވަކިކޮށް، ގޯތި ކަނޑާފަ ދޭން ފަށާ ދުވަސް ކަނޑައެޅުން

13 އޮގަސްޓު 2023 - 07:06 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ

ހުޅުމާލޭ ފޭސް ދޭއް. މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާނީ، ހުޅުމާލެ، ގުޅުފަޅު އަދި ގިރާވަރުން. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އިންވަކިކޮށް، ގޯތި ކަނޑާފަ ދޭން ފަށާ ދުވަސް ކަނޑައެޅުން

13 އޮގަސްޓު 2023 - 07:06 0

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ގޯތި ދޫކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އެ އަތޮޅު ކުޑަފަރީގައި ރައީސް ސޯލިހު ވިދަޅުވީ މާލޭން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް އާއިލާއަކަށް އަންގާރަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ގޯތި ލިބެމުން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް ފަށަން، ކޮންމެ ދުވަހަކު ކޮންމެވެސް ބަޔަކަށް، އާއިލާއަކަށް ގޯތި ލިބެމުން ދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. ވަކިން ހުށަހެޅި މީހުންނާއި ޖޮއިންޓް ފޯމު ހުށަހެޅި މީހުންނާއެކު ގޯތި ލިބޭ މީހުންގެ ތެރޭގައި 10،314 މީހުން ހިމެނެ އެވެ.

އެކަމާ ގުޅޭގޮތުން އެކުލަވާލި ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވިދާޅުވީ ރައީސް ވިދާޅުވި ގޮތަށް ގޯތި ދިނުމުގެ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

"ރައީސް ވިދަޅުވި ގޮތަށް، އިން ވަކިކޮށް ގޯތި ކަނޑާ، ކަޑަ ޖަހަމުން ހަވާލު ކުރަން ފަށާނަން، ފުރަތަމަ ގޯތި ދޭން ފަށާނީ ހުޅުމާލެއިން،" އަކްރަމް ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ބިންވެރިޔާ ސްކީމާއެކު އިއުލާނު ކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް ވަނީ މިދިޔަ ހަފުތާގައި އާންމުކޮށްފަ އެވެ. ރައީސް ސޯލިހު ނިންމަވާފައި ވަނީ ފުލެޓަށް ވެސް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ދިނުމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނ. މާޅެންދޫއަށް ވަޑައިގައިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި އެމަނިކުފާނަށް ހާސިލްނުވާ ކަމެއް މިހާރު ނެތް ކަމަށެވެ. އަދި ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ސިޔާސީ މަގުސަދެއްގައި ކުރައްވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި އަރާނެ އިތުރު ހަރުފަތެއް ވެސް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް. އިރާދަކުރެއްވީތީ މިއަދު މިހުރީ ރާއްޖޭގެ ރައީސުލްޖުމުހީރިއްޔާ ކަމުގައި. ކުރިއަށް އޮތް ދައުރުގަ އަޅުގަނޑު ސިޔާސީ މަގުސަދެއްގައި ކުރާނެ އެއް ވެސް ކަމެއް ނޯންނާނެ،"

ދުވަހުގެ ފޮޓޯ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި އޭނާގެ ދަރިކަލުން ޖެފްރީ ރޭ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފައި. އެ ބޭފުޅުން ޕީޕީއެމް ދޫކޮށްލީ ރިޔާސީ ޓިކެޓުގެ މައްސަލައިގައި. -- ފޮޓޯ: ޖޭޕީ