Advertisement

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ވިލާ ފައުންޑޭޝަނުގެ ވައުދުތައް

15 އޮގަސްޓު 2023 - 08:08 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ސްކޮލާޝިޕް ހަވާލުކުރުމަށް 2003 ގައި އޮތް ޖަލްސާ -- ފޮޓޯ: ވިލާ ފައުންޑޭޝަން


ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ވިލާ ފައުންޑޭޝަނުގެ ވައުދުތައް

15 އޮގަސްޓު 2023 - 08:08 0

ވިލާ ފައުންޑޭޝަނަކީ ޒުވާން ޖީލުގެ ކުޅަދާނަކަމާއި ގާބިލުކަން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ޖަމިއްޔާއެކެވެ.

ޗެއާމަން ގާސިމް އިބްރާހިމްގެ އިރުޝާދުގެ ދަށުން ވިލާ ގްރޫޕް ރާއްޖޭގައި މަސައްތްކުރާތާ ގާތްގަނޑަކަށް 40 އަހަރު ވާ އިރު ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ގްރޫޕުން ބޮޑު އިސްކަމެއް ދެއެވެ. ސްކޮލަރޝިޕްތަކާއި، ގްރާންޓްތަކާއި އެހެނިހެން ފުރުސަތުތަކާއި އެކު ޒުވާނުންގެ މުސްތަގްބަލު ފަހިކޮށްދީ މުޖްތަމައުގައި ލީޑަރުން ބިނާކުރުމަށް ވިލާ ގްރޫޕުން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފަ އެވެ.

ވިލާ ފައުންޑޭޝަނަކީ އުފެދުނީއްސުރެ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން ދެނެގަންނަ ޖަމިއްޔާއެކެވެ. އަދި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ބޭނުންވާ އަސާސީ އެހީ ފޯރުކޮށްދިނުމުގައި ވެސް ކުރީ ސަފުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ވެސްމެ އެވެ.

އެގޮތުން ޑޮކްޓްރީކަން، ވަކީލުކަން، ސައިންސް، އިންޖިނިއަރިން، އެކައުންޓިން، ގަވަނިން، މަސްވެރިކަން އަދި ހޮސްޕިޓަލިޓީ ފަދަ އެކި ސިނާއަތްތަކަށް އަމާޒުކޮށް ކިޔަވާ ދަރިވަރުންނަށް މި ޖަމިއްޔާއިންވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކަށް އެހީތެރިކަން ދިނުމުގެ އިތުރުން ވިލާ ފައުންޑޭޝަނުން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 30 އަށް ވުރެ ގިނަ ގައުމުން ފުރުސަތު ހޯދައިދީފަ އެވެ.

މިކަމުގެ ނަތީޖާއަކީ އެކި ދާއިރާތަކުން އިލްމު އުނގެނިގެން ތިބި މޮޅު ދަރިވަރުން އެ ހާސިލްކުރި ހުނަރާއި ތަޖުރިބާއާއި އެކު އަނބުރާ ރާއްޖެ އައިސް ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމުގައި ވިލާ ފައުންޑޭޝަނުން ބުނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުން އިލްމީ ގޮތުން ކުރިއަރައި، ޒުވާނުން ތަރައްގީ ކުރުމަކީ މުޅި ވިލާ ގްރޫޕުންވެސް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެނދާ މަސައްކަތެކެވެ. އެގޮތުން ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އުފެއްދީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އިލްމު އުނގެނުމުގެ ފަހި ފުރުޞސަތުތައް ހޯދައިދިނުމަށް ކަމުގަ ވިލާ ގްރޫޕުން ފާހަގަކުރެ އެވެ.

ވިލާ ފައުންޑެޝަން ފަދަ މުއައްސަސާތަކަކީ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމަށާއި މުޖުތަމައު ކުރިއެރުމަށް ވިލާ ގްރޫޕުން ކުރާ ހިދުމަތުގެ ނަމޫނާ އެކެވެ.

ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވުމަށް ވިލާ ފައުންޑޭޝަނުން ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ހިދުމަތްތަކަކީ ކޯޕަރޭޓް އިޖްތިމާއީ ޒިންމާއިން މާނަހުރި ބަދަލެއް ގެނެސްދެވޭނެ ގޮތުގެ މިސާލެއްކަމުގައި އެ ކުންފުނިން ދެކެ އެވެ.

ޗެއާމަން ގާސިމް އިބްރާހީމްގެ ތަސައްވުރު ބޮޑު ލީޑަޝިޕާއި ވިލާ ގްރޫޕުން ރާއްޖޭގެ ޒުވާނުން ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ގިނަ ފަރުދުންތަކެއް ބާރުވެރިވެ، ރާއްޖެއަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާވަނީ އެޅިފަ އެވެ.

ވިލާ ފައުންޑޭޝަންގެ ތަރިކަ ކުރިއަށްދާއިރު، އެ ފައުންޑޭޝަންގެ މަސައްކަތް އެތަކެއް ޖީލުތަކަކަށް ދެމިގެންގޮސް، ކާމިޔާބީއާއެކު ކުރިއެރުމުގެ އުސްމިންތަކަކަށް މަގުދައްކާނެ ލީޑަރުން ވަނީ ބައްޓަންވެފައިވާކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.