Advertisement

ސެމީގެ ފަހު ދެ ޖާގަ ކްލަބް 220 އާއި ހާރިޖީ އަށް

12 އޮގަސްޓު 2023 - 10:14 0

ކްލަބް 220 ޓީމުގެ ލަނޑު ޖެހުމަށް ފަހު ސާމިހު އުފާފާޅުކުރަނީ.--- ފޮޓޯ: އައްފާން އަހުމަދު/ ސިޑިބަރި


ސެމީގެ ފަހު ދެ ޖާގަ ކްލަބް 220 އާއި ހާރިޖީ އަށް

12 އޮގަސްޓު 2023 - 10:14 0

ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު މެޗުތަކުން މޮޅުވެ، ކްލަބް 220 އާއި ހާރިޖީން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ހޯދައިފި އެވެ.

އެ ގޮތުން، ކްލަބް 220 އިން ވަނީ ހޯމް އެފެއާޒް އަތުން 3-2 އިން މޮޅުވެފަ އެވެ. ހާރިޖީން ވަނީ 4-2 އިން ރައީސް އޮފީސް ބަލިކޮށްފަ އެވެ.

ކްލަބް 220 އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މައްސޫދު ޝަބީން އާއި އަހުމަދު ސާމިހު އެވެ. ސާމިހު އަކީ ކްލަސިކް ޑިވިޝަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެެވެ. އޭނާ ވަނީ ޖުމްލަ އެކު، 11 ގޯލު ޖަހައިފަ އެވެ. ހޯމް އެފެއާޒް އިން ދެ ވަނަ ހާފުގައި ކުޅެން އަރައި، އަހުމަދު ޝަފްރާޒް މުހައްމަދާއި ޔައިޝް މުސްތަފާ ޖެހި ގޯލުތަކުން އެއްވަރުކުރި އެވެ.

އެކަމަކު، މެޗުގެ ފަހު ވަގުތު ކްލަބް 220 އިން މޮޅުވީ ސާމިހު ދިން ބޯޅައަކަށް އަރައި، އަލީ އިކްރާމް (އައްޔަ) ޖެހި ގޯލުންނެވެ.

ހާރިޖީ ޓީމުން ރޭ ގޯލުތައް ޖެހީ އަލީ ޒާހިރު ދެ ގޯލާއި މުހައްމަދު ނާޝިދު އަދި މުހައްމަދު ހޫދު އެވެ. ރައީސް އޮފީސް ޓީމުން ގޯލުތައް ކާމިޔާބުކުރީ އަލީ އަކްތަރު އާއި އަބްދުﷲ ނާސިފު އެވެ.

ކްލަސިކް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރޭގަ އެެވެ. ފުރަތަމަ ސެމީގައި ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ޓީމު ޑީޖޭއޭ ބައްދަލުކުރާއިރު، ދެ ވަަނަ ސެމީ ފައިނަލުގައި ހާރިޖީން ނުކުންނާނީ ކްލަބް 220އާ ދެކޮޅަށެވެ.