Advertisement

ގޯތި ލިބުނު މީހުންނަށް މިމަހު ލިޔުން ހަވާލު ކުރަނީ

9 އޮގަސްޓު 2023 - 16:00 3

ގއ.ދެއްވަދޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލެ ފޭސް ދެއަކުން ގޯތި ދޫކުރަން ހާއްސަކޮށްފައިވާ ސަރަހައްދު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގޯތި ލިބުނު މީހުންނަށް މިމަހު ލިޔުން ހަވާލު ކުރަނީ

9 އޮގަސްޓު 2023 - 16:00 3

ގއ.ދެއްވަދޫ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް މިމަހުގެ ތެރޭގައި ލިޔުން ހަވާލު ކުރަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު މިހާރު ކުރަމުން ގެންދާ ރިޔާސީ ކެމްޕެއިން ދަތުރުގެ ތެރެއިން "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"މި މަސް ތެރޭގައި [ގޯތި ލިބުނު މީހުންނަށް، ގޯތި] ދޭން ފަށާނަން،" އަސްލަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި 23،088 މީހުންގެ ފަރާތުން، 15،164 އެޕްލިކޭޝަން ހުށައަޅާފައިވެ އެވެ. އޭގެތެރެއިން ޝަރުތު ހަމަވި ހުރިހާ އެންމެންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19،857 މީހުން ހުށައެޅި، 12،794 ފޯމު ވަނީ ޝަރުތުހަމަވެފަ އެވެ.

ގޯތި ދިނުމަށްޓަކައި ހިއްކަންޖެހޭ ބިމުގެ ބޮޑުބައެއް މި އަހަރު ނިމުމުގެ ކުރިން ހިއްކާ ނިމޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

"ޕޯޓާ އެކު، ހިއްކަންޖެހޭ ހުރިހާ ބިމެއް ހިއްކާ ނިމޭނީ އަންނަ އަހަރަށް، އެކަމަކު މި އަހަރުގެ ނިޔަލަށް ގޯތި ދޭން ހިއްކަންޖެހޭ ބިމުގެ ބޮޑުބައި ހިއްކާ ނިމޭނެ،" އަސްލަމް ވިދާޅުވި އެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 26 ގަ އެވެ. މިހާރު ނިންމާފައި ވަނީ ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދިނުމަށެވެ. އެ 5،000 ގޯތީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާނީ 3،000 ގޯއްޗެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެއިން ދޫކުރާ ފުލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ވެސް ވަނީ އިއްޔެ އިއުލާނުކޮށްފަ އެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.