Advertisement

މަސްކްގެ ނިއުރަލިންކަށް 280 މިލިއަން ޑޮލަރުގެ ފަންޑިން ލިބިއްޖެ

10 އޮގަސްޓު 2023 - 06:42 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ:ރޯޓާސް


މަސްކްގެ ނިއުރަލިންކަށް 280 މިލިއަން ޑޮލަރުގެ ފަންޑިން ލިބިއްޖެ

10 އޮގަސްޓު 2023 - 06:42 0

އެލޮން މަސްކްގެ ކުންފުނި ނިއުރަލިންކް އަށް އިންވެސްޓަރުންގެ އަތުން 280 މިލިއަން ޑޮލަރުގެ ފައިސާ ލިބިއްޖެ އެވެ.

މިކަން އެ ކުންފުނިން ހޯމަ ދުވަހު ހިއްސާކޮށްފައި ވަނީ މަސްކްގެ ސޯޝަލް މީޑިއާ އެކްސް މެދުވެރިކޮށެވެ. ސިކުނޑީގެ އިންޕްލާންޓްތައް އުފައްދާ ކުންފުނީގެ ފަންޑް ރެއިސިންގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސެން ފްރެންސިސްކޯގެ ކުންފުންޏެއް ކަމަށްވާ ފައުންޑާސް ފަންޑް އިންނެވެ.

ފައުންޑާސް ފަންޑަކީ މަސްކްގެ ޕޭޕަލް ކުންފުނި ފެށުމަށް އެހީތެރިވި ޕީޓާ ތީލް ގެ ކުންފުންޏެކެވެ. ފަންޑް ލިބުނުކަން ހާމަކުރަމުން ނިއުރަލިންކް އިން ބުނެފައިވަނީ "ކުންފުނީގައި ހިނގަމުންދާ އާ ކަންތައްތަކާ މެދު ވަރަށް އުފާވެއްޖެ" ކަމަށެވެ.

ނިއުރަލިންކުން މަސައްކަތް ކުރަމުންދަނީ ސިކުނޑި ކޮމްޕިއުޓަރަކާ ގުޅުވައިދޭ ހާއްސަ ޗިޕެއް އުފެއްދުމަށެވެ. އެލޮން މަސްކް މި ހިޔާލަށް މަސައްކަތް ކުރަމުން އަންނަތާ ފަސް އަހަރު ވެއްޖެއެވެ.

ނަމަވެސް އެ ކުންފުނިން މިކަން އަދި ޓެސްޓްކޮށްފައިވަނީ ހަމައެކަނި ޖަނަވާރުތަކުގަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޓެސްޓެއްގެ ތެރޭ ރާމާމަކުނެއް ވެސް ވަނީ މަރުވެފަ އެވެ. މިކަމާއި ގުޅިގެން އެކުންފުންޏަށް ވަނީ ފާޑު ކިޔުންތައް ވެސް އަމާޒުވެފަ އެވެ. އެ ރާމާމަކުނު ވެފައިވަނީ "ޕޮންގް" ކިޔާ ކޮމްޕިއުޓާ ގޭމެއް ކުޅެމުން ދަނިކޮށެވެ.

ނިއުރަލިންކުން ޓެސްޓްތަކަށް ބޭނުންކުރަނީ "މަކާކްސް" ބާވަތުގެ ރާމާމަކުނެވެ. ރާމާމަކުނުތަކުގެ ސިކުނޑިއަށް ކުދިކުދި ޗިޕްތައް ޖެހުމަށް ފަހު، މި ޗިޕްތަކުން ކުޑަ ރިސީވަރެއް މެދުވެރިކޮށް ކޮމްޕިއުޓަރުތަކާ ގުޅުވާލެ އެވެ.

ނިއުރަލިންކަށް ފަންޑިން ފައިސާ ލިބިފައި މިވަނީ، އިންސާނުންގެ ޓެސްޓްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މަސްކް ބުނިތާ ދުވަސްކޮޅެއް ފަހުންނެވެ. މިކަން ކުރުމަށް ހުށަހަޅަންޖެހޭ ކަރުދާސްތައް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނަށް ދީފައިވާ ކަމަށް ޑިސެމްބަރު މަހު އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް ނިއުރަލިންކްގަ މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ކުންފުނީގެ ކަންކަން ކުރިއަށްދަނީ މާބާރަށް ކަމަށާއި އެކަމުގެ ސަބަބުން ޖަނަވާރުތަކަކަށް ގެއްލުން ލިބުނު ކަމަށެވެ. އަދި ސަރުކާރުގެ ތަހުގީގެއް ވެސް މިކަމާއި ގުޅިގެން ކުރިކަމަށް ވެސް ރޮއިޓާސް އިން ނެރުނު ރިޕޯޓެއްގައިވެ އެވެ.

ނިއުރަލިންކުން ހަދާ ސިކުނޑީގެ ހާއްސަ ޗިޕްތައް އާންމުންނަށް ވިއްކުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހެ އެވެ. 2021 ގައި އެފްޑީއޭ އިން ވަނީ ސިކުނޑި ކޮމްޕިއުޓަރާއި ގުޅުވައިދޭ މި ބާވަތުގެ ޑިވައިސްތަކާ މެދު އެފަރާތްތަކުން ދެކޭ ގޮތާ ބެހޭ ގޮތުން ރިޕޯޓެއް ލިޔެފަ އެވެ.

ނިއުރަލިންކުން ބުނެފައިވަނީ އާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭނުންވަނީ އިންޖިނިއަރިން ބޭނުންކޮށްގެން ފެނުމާއި ހަރަކާތުގެ މައްސަލަތައް ހައްލުކުރުމަށް ޝައުގުވެރިވާ ފަރާތްތައްކަމަށް ވެސް ބުނެފައިވެ އެވެ.