Advertisement

ކަޅުބިލަ މަހުގެ މަސްވެރިކަން އެއްކޮށް ޕްރައިވެޓައިޒެއް ނުކުރެވޭނެ: ރައީސް

9 އޮގަސްޓު 2023 - 15:41 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފަރެސްމާތޮޑާގެ ދޯންޏެއް މަސް ވިއްކަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ކަޅުބިލަ މަހުގެ މަސްވެރިކަން އެއްކޮށް ޕްރައިވެޓައިޒެއް ނުކުރެވޭނެ: ރައީސް

9 އޮގަސްޓު 2023 - 15:41 0

ކަޅުބިލަ މަހުގެ މަސްވެރިކަން އެއްކޮށް ޕްރައިވެޓައިޒް ކުރުމަކީ ރަނގަޅެއް ކަމެއް ނޫން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ގދ. ފަރެސްމާތޮޑާއަށް، ކެމްޕޭނުގައި ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އެއްފަހަރާ ހައްލު ކުރަން އުނދަގޫވާ މިންވަރަށް މަސްވެރިކަމުގެ ދާއިރާގެ މައްސަލަތައް އުފެދިގެން ދިޔައީ ކުރީ ސަރުކާރުގެ އިހްމާލުން ކަމަށެވެ.

"އަޅުގަނޑު އަދިވެސް ނުދެކެން ކަޅުބިލަ މަހުގެ މަސްވެރިކަން އެކީގައި ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލައިގެން އޭގަ މުސްތަގުބަލެއް އޮތްކަމަކަށް،" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

މަސްވެރިކަމުގެ ސިނާޔަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މަސްވެރިން ބާނާ މަސް ތާޒާ ކަމާއެކު ގަނެވޭނެ ގޮތް ސަރުކާރުން ހަދައިދޭންޖެހޭ ކަމަށާއި، މަސްވެރިކަމަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ރައީސް ފާހަގަކިރެއްވި އެވެ.

މަސްވެރިކަމުގެ ސިނާޔަތް ކުރިއެރުވުމުގެ ގޮތުން ޕްރައިވަޓައިޒް ކުރުމަކީ އެމްޑީޕީގެ "ކުރީގެ ސަރުކާރުގެ ސިޔާސަތެއް" ކަމުގައި ރައީސް ސޯލިހު ވިދާޅުވީ އެ ސިޔާސަތުން އެދެވޭ ފައިދާއެއް ކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރީގެ ސަރުކާރުގެ ސިޔާސަތަކަށް އޭރުވީ ޕްރައިވަޓައިޒްކުރުން. ޕްރައިވަޓައިޒްކޮށް އަމިއްލަ ފަރާތްތަކަށް މަސް ގަނެ ބޭރުކުރުމަށް ފުރުސަތު ދޭން. އެހެން ނަމަވެސް މިއަދާ ހިސާބަށް އައިއިރުގަ ކަޅުބިލަ މަސް ގަނެ ބޭރުކުރުމަށް ޕްރައިވެޓް ސެކްޓާއަިން އެދޭވޭ މަސައްކަތެއް ކުރެވިފަ އޮތްތަނެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކުރަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިފްކޯގެ ދަރަނި ފައިދާއަށް ބަދަލުކޮށް އަމިއްލަ ފަރުދުންނަށް ހިއްސާ ވިއްކުމަކީ މި ސަރުކާރުގެ ޕްލޭން ކަމެއް ކަމަށެވެ.

މި ސަރުކާރުން މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލާނެ ކަމަށާއި ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުން ނަމަ، މަހުގެ އަގާ މެދު ބަސް ބުނުމުގެ ބާރު ދިވެހިންގެ އަތްމައްޗަށް ގެންނަންޖެހޭ ކަމަށް ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މަސްވެރިކަމުގެ ސިނާޔަތުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިކަން ބޮޑުކުރުމަކީ 2018 ވަނަ އަހަރުގެ އެމްޑީޕީ މެނިފެސްޓޯގައި ހިމަނާފައިވީ ކަމެކެވެ.