Advertisement

ފައިދާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް, ހިއްސާ ވިއްކާނަން: ރާއީސް

9 އޮގަސްޓު 2023 - 12:01 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް ފަރެސްމާތޮޑާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: އިޔާން/އަދަދު


ފައިދާވާ ކުންފުންޏަކަށް މިފްކޯ ބަދަލުކޮށް, ހިއްސާ ވިއްކާނަން: ރާއީސް

9 އޮގަސްޓު 2023 - 12:01 0

ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ދަށުން ހިންގަމުން އަންނަ މަސް ކުންފުނި މިފްކޯ ފައިދާވާ ކުންފުޏަކަށް ބަދަލުކޮށް، އެ ކުންފުނީގެ ހިއްސާ ރައްޔިތުންނަށް ވިއްކާނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ދެކުނަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަމާއެކު ގަނެވޭނެ ގޮތް ސަރުކާރުން ހަދައިދޭންޖެހޭ ކަމަށެވެ.

އަދި, ރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓް، ކަޅުބިލަ މަހުގެ މަސްވެރިކަން ޕްރައިވެޓް ސެކްޓަރުގެގެ އަތް މައްޗަށް ދޫކޮށްލުމަކީ މުސްތަގުބަލެއް އޮތް ކަމެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމުގައި ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން. ސަރުކާރުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކުރަން ޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަސައްކަތުގެ ދަށުން މިފްކޯގެ ދަރަނި ފައިދާއަށް ބަދަލުކޮށް އަމިއްލަ ފަރުދުންނަށް ހިއްސާ ވިއްކުމަކީ މި ސަރުކާރުގެ ޕްލޭން ކަމުގައި ރައީސް ވިދާޅުވި އެވެ.

"މިފްކޯ ރަނގަޅު ޝެއާ ވިއްކަން ޕްރައިވެޓް ސެކްޓާއަށް. އަޅުގަނޑުމެންގެ ވިސްނުމަކީ އެއީ. ބޭނުންވާ ކެޕޭސިޓީ މިފްކޯއަށް އިތުރުކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްފަހު އޭގެ ހިއްސާ ރައްޔިތުންނަށް ވިއްކުން،" ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން, ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި، ފެލިވަރު ކޭނިން ފެކްޓްރީއަށް ގެންނަ ބަދަލާއި އައްޑޫ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ ޑަބަލް ކުރުން އަދި މަސް ގަންނަ އިތުރު ބޯޓެއް ގެނައުމަކީ އެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ހުރިހާ ބަދަލަކާއި މަޝްރޫއުތަކާ އެކު މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ. އަދި ޓޫރިޒަމާއި އެއްވަރު ނުވި ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ބޮޑު ސިނާއަތަކަށް ބަދަލުވެގެން ދާނެ ކަމުގަ އެވެ.

"މި ގެންނަ ބޮޑު ބަދަލާއިއެކުގެ މަސްވެރިކަމުގެ ސިނާޔަތަކީ، އަދި ޓުއަރިޒަމާ އެއްވަރު ނުވިޔަސް ބޮޑު ސިނާއަތަކަށް ބަދަލުވެގެންދާނެ،" ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރުން މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލާނެ ކަމަށާއި ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުން ނަމަ، މަހުގެ އަގާ މެދު ބަސް ބުނުމުގެ ބާރު ދިވެހިންގެ އަތްމައްޗަށް ގެންނަންޖެހޭ ކަމަށް ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް ވިދާޅުވެފައިވެ އެވެ.