Advertisement

ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

8 އޮގަސްޓު 2023 - 21:02 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

8 އޮގަސްޓު 2023 - 21:02 0

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކްއިން ލިބެން ހުރި ލޯނުގެ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 15:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ.

އޮގަސްޓް 10، އިން ފެށިގެން 12 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ލިވިން އެކްސްޕޯ އޮންނާނެ އެވެ.

އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިންއާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ލޯނު ދޫކުރަމުންނެވެ. ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބީއެމްއެލްއިން ވަނީ ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕާޗޭސް ލޯނަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފަ އެވެ. މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް ލޯނަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ބުނެ އެވެ.