Advertisement

މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން: ނަޝީދު

8 އޮގަސްޓު 2023 - 11:10 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ނަޝީދު ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާން/އަދަދު


މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން: ނަޝީދު

8 އޮގަސްޓު 2023 - 11:10 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ދަތުރުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކޮށްފައިވާ ތަނުގައި ރޭ ބަޔަކު ހުޅުޖެހުން ކުށްވެރިކުރާކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޑެވެލި ޖަގަހައިގައި ހުޅުޖެހުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކޮށް ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށެވެ.

"އިންތިހާބާއި ގުޅުވައި މީހުން ހައްޔަރުކޮށް އަދި ތަންތަން ރޯކޮށް މުދަލަށް ގެއްލުން ދީ ހަދައިގެން ނުވާނެ. މަޑަވެލި އެމްޑީޕީ ޖަގަހައިގަ ހުޅުޖެހުން ކުށްވެރިކުރަން،" ނަޝީދު ކުރެއްވި ޓްވީޓުގައި ބުނެފައިވެ އެވެ.

ނަޝީދު މިފަދައިން ވިދާޅުވި އިރު ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެމްބަރު އަހްމަދު މައުރޫފް ވަނީ ރޭގެ ވަގުތެއްގައި ދ. ކުޑަހުވަދޫއިން ހައްޔަރުކޮށްފަ އެވެ.

ރައީސް ސޯލިހު ރޭ ހުންނެވީ ދ. ކުޑަހުވަދޫގަ އެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ މަޑަވެލީގަ އެވެ.

މަޑަވެލީގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ ބޭއްވުމަށް، ސްކޫލު ކައިރީ މަގެއް ހިޔާކޮށް ހަދާފައިވާ ތަނުގައި ހުޅުޖެހީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ހުޅުޖެހި މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް، ތުހުމަތުގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.