Advertisement

ހާރިޖީ އާއި ކްލަބް 220 ކުރިއަށް، ޕެމާ ކަޓައިފި

8 އޮގަސްޓު 2023 - 10:50 0


ހާރިޖީ އާއި ކްލަބް 220 ކުރިއަށް، ޕެމާ ކަޓައިފި

8 އޮގަސްޓު 2023 - 10:50 0

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ގަދަ 16 ބުުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ހާރިޖީ އާއި ކްލަބް 220 ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބް އަތުން 6-1 އިން ބަލިވެ، ޓީމު ޕެމާ (ރައްޔިތުންގެ މަޖިލީސް) ކަޓައިފި އެވެ.

ގަދަ 16 ބުރުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ކްލަބް 220 އިން ވަނީ އުމްރާނީ ކްލަބް އަތުން 7-1 އިން މޮޅުވެފަ އެވެ. ހާރިޖީން ޕެނަލްޓީ ޖަހައިގެން 7-5 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރިއިރު، ޕްރެޒިޑެންޓްސް އޮފީހުން ވަނީ 4-2 އިން މީރާ އަތުން މޮޅުވެފަ އެވެ.

ހޯމް އެފެއާޒް އިން ޕެމާ ބަލިކުރިއިރު ލަނޑު ޖެހީ ޔައިޝް މުސްތަފާ ހެޓްރިކެއްގެ އިތުރުން، އަހުމަދު ޝަފްރާޒް މުހައްމަދު، ރަފްހާން އިބްރާހިމް އެވެ. ޕެމާގެ ހަމައެކަނި ލަނޑު ޖެހީ ހުސެއިން ހަބީބް (ހަބީ) އެވެ.

ކްލަބް 220 އިން ރޭގެ މެޗުގައި ލަނޑުތައް ޖެހީ އަލީ އިކްރާމް (އައްޔަ)، އަހުމަދު ސާމިހު އަދި އަޝްފާގު ނައީމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ މުހައްމަދު ޒިޔާދު އެވެ. އުމްރާނީ ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ އެ ޓީމުގެ އަބްދުލް މަތީން އިބްރާހިމް އެވެ.

ހާރިޖީ އާއި ހުޅުމާލެ ހޮސްޕިޓަލް މެޗު 2-2 އިން ވަނީ އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހައިފަ އެވެ. ހާރިޖީގެ ލަނޑުތައް ޖެހީ މުހައްމަދު ނާޝިދު އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ލަނޑުތައް ޖެހީ މޫސާ ކަލީމް ގާސިމް އަދި އަހުމަދު އިލްޔާސް ޝިނާން އެވެ.

މީރާ އަތުން ޕްރެޒިޑެންޓްސް އޮފީސް މޮޅުކޮށްދިން މެޗުގައި ލަނޑުތައް ޖެހީ އަބްދުﷲ ނާސިފް ދެ ގޯލާއި ހައްސާން ވަހީދު އަދި ހުސެއިން ނަޖީބް އެވެ. މީރާގެ ދެ ގޯލު ވެސް ޖެހީ ރިމާން އަލީ އެވެ.