Advertisement

ގްރީން ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ

7 އޮގަސްޓު 2023 - 08:38 0

އަމަން ހަލީމް

އ

Advertisement

ދިވެހި ރުއްތަކެއް: ރުކުގެ އާ ޖީލެއް ބިނާކުރަން ހިންގާ ޕްރޮޖެކްޓަށް ފަނޑުކުރަނީ ގްރީން ފަންޑުން -- ފޮޓޯ/އާއިމް ޒަމީރު


ގްރީން ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ

7 އޮގަސްޓު 2023 - 08:38 0

Advertisement

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ޖަމާކުރާ ގްރީން ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އެންމެ ފަހުން އާންމުކުރި ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުގައި، ޖޫން މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 1.01 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ 2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ގަރާރަކުން އުފެއްދި މި ފަންޑު އެއް ބިލިއަން ރުފިޔާއަށް ބޮޑުވީ ފުރަތަމަ ފަހަރެެވެ.

Advertisement

ގްރީން ފަންޑުގެ އުސްއަލިތައް

  • މި އަހަރު ފެށުނުއިރު ހުރީ 774 މިލިއަން ރުފިޔާ
  • ޖެނުއަރީ-ޖޫން ގްރީން ޓެކްސްގެ ގޮތުގައި 526.3 މިލިއަން ރުފިޔާ ލިބިފައިވޭ
  • އޭގެ ތެރެއިން ހަރަދުކުރީ 287.7 މިލިއަން ރުފިޔާ
  • އަހަރު ދެބައިވިއިރު ގްރީން ފަންޑަށް 238.5 މިލިއަން ރުފިޔާ އިތުރުވެފައިވޭ

ގްރީން ޓެކްސްގެ ގޮތުގައި މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މާޗު އަދި ޖެނުއަރީގަ އެވެ. އެ ދެ މަހުގެ އާމްދަނީ އުޅެނީ 100 މިލިއަން ރުފިޔާއަށް ވުރެ މަތީގަ އެވެ.

Advertisement

ރާއްޖޭގެ ރުކުގެ އާ ޖީލު ކެރެލާއިން

ވައިކަރަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް ރުއްތަކަށް ދުވަސްވެފައިވާއިރު، ބަލި ޖެހުމުގެ މައްސަލަ ވެސް ވަރަށް ބޮޑު. އެހެންވެ، ކުރުނބާ އާއި ކާށި ލިބޭ މިންވަރު އިތުރުކޮށް، ޑިމާންޑާ އެއްހަމަކުރަން ރުކުގެ އާ ޖީލެއް އުފައްދަން ޖެހިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނޭ

ރާއްޖޭގެ ރުކުގެ އާ ޖީލު ކެރެލާއިން

ވައިކަރަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް ރުއްތަކަށް ދުވަސްވެފައިވާއިރު، ބަލި ޖެހުމުގެ މައްސަލަ ވެސް ވަރަށް ބޮޑު. އެހެންވެ، ކުރުނބާ އާއި ކާށި ލިބޭ މިންވަރު އިތުރުކޮށް، ޑިމާންޑާ އެއްހަމަކުރަން ރުކުގެ އާ ޖީލެއް އުފައްދަން ޖެހިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނޭ

މިއީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ހުންނަ ކޮންމެ ރެއަކަށް ނަގާ ޓެކުހެއް ކަމުން، މި އަދަދުތައް ސީދާ ގޮތުން ގުޅެނީ ޓޫރިސްޓުން އަންނަ އަދަދާއި ހޭދަކުރާ މުއްދަތަށެވެ.

ގްރީން ޓެކްސް ނަގަނީ:

  • ރިސޯޓުތަކާއި ހޮޓާތަކާއި ސަފާރީތަކުން - ބޮލަކަށް ކޮންމެ ރެއަކަށް 6 ޑޮލަރު
  • ގެސްޓުހައުސްތައް - 3 ޑޮލަރު

ސަރުކާރުން މި ފަނޑުގެ ބޭނުން މައިގަނޑު ގޮތެއްގައި ހިފަމުން އަންނަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑޮދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށެވެ. އޭގެ އިތުރުން، ދިވެހި ރުކުގެ އާ ޖީލެއް ބިނާކުރަން ހިންގާ މަޝްރޫއަށް ވެސް މި ފަންޑުން އަންނަނީ ހަރަދުކުރަމުންނެވެ.