Advertisement

އެލައިޑް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

7 އޮގަސްޓު 2023 - 14:51 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އެލައިޑް ކޮމިއުނިޓީ ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

7 އޮގަސްޓު 2023 - 14:51 0

އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑްށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފި އެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް"އަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް ފައިދާކުރާ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ހުޅުވާލާ ފަންޑިން ޕްރޮގްރާމެކެވެ.

އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާ ފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޖުމުލަ އަށް ޕްރޮޖެކްޓެއް ހިންގަން ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ދޭން އެލައިޑުން ވަނީ ނިންމައިފަ އެވެ.

މި ފުރުސަތަށް އެދި އޮގަސްޓް 15 ގެ 16:00ގެ ކުރިން [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ އެވެ.

އެލައިޑުން ބުނީ މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިއްބަވާ ފަރާތްތަކަށް އެމުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށެވެ.

އެލައިޑް ކޮމިއުނިޓީ ފަންޑާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު https://allied.mv/csr އިން ލިބޭނެ އެވެ.