Advertisement

އެލައިޑުން އަންހެނުންގެ ދުވަސް ފާހަގަކުރީ ކަމަނައިންނާއެކު

8 މާރިޗު 2024 - 18:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލައިޑުން އަންހެނުންގެ ދުވަސް ކަމަނައިންނާއެކު ފާހަގަކުރުން -- ފޮޓޯ: އެލައިޑް


އެލައިޑުން އަންހެނުންގެ ދުވަސް ފާހަގަކުރީ ކަމަނައިންނާއެކު

8 މާރިޗު 2024 - 18:38 0

މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައި އެލައިޑް އިންޝުއަރެންސްއިން އިސްނަގައިގެން، ކަންބަލުންނަށް ހާއްސަ ތަފާތު ހަރަކާތްތަކެއް އިއްޔެ ކުރިޔަށް ގެންގޮސްފި އެވެ.

އެލައިޑުން ބުނީ ކަނބަލުން ބާރުވެރިކުރުވަށް ތައާރަފުކޮށްފައިވާ ލައިފް އިންޝުއަރެންސް ޕްލޭން "ކަމަނަ" ނަގާފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާއެކު ހާއްސަ ހަދިޔާއެއް ވަނީ ދީފައިވާ ކަމަށާއި، މިއީ ޕްލޭން ނަގާފައިވާ ކެރުންތެރި ކަނބަލުންގެ ހިތްވަރަށް ސާބަސް ދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ.

"ކަމަނަ" ޕްލޭނަކީ އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އިންޝުއަރެންސް ކުންފުންޏަކުން ކުރެވިދާނެ ކަންތައްތައް ދިރާސާ ކުރުމަށްފަހު ހޯދުނު ތަފާސް ހިސާބުތަކުގެ މައްޗަށް އެލައިޑުން ތައްޔާރުކުރި ޕްލޭނެކެވެ.

މި ދިރާސާތަކުން ފާހަގަވި ގޮތުގައި ރާއްޖޭގައި ވަކި އުމުރަކަށް އެޅޭއިރު އަންހެނުންގެ ފުރާނައަށް ގެއްލުންހުރި ބަލިތައް ކުރިމަތިވާ ނިސްބަތް އިތުރުވެ، ދިރިއުޅުން ބިނާކުރުމަށް ކުރާ މަސައްކަތް ހުއްޓި، އާމްދަނީ ހޯދުމަށް ހުރަސް އެޅޭ ކަމަށް އެލައިޑުން ބުންޏެވެ.

"ކަމަނަ" ޕޮލިސީއަކީ މިކަންކަމަށް ހައްލު ހޯދައިދިނުމަށް އެހީވެދޭ ޕްލޭނެއްކަން ފާހަގަކޮށް އެލައިޑުން ބުނީ އެ ޕްލޭނުން ކަވާ ކުރާ ހާލަތްތަކުގެ ތެރޭގައި އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވުންވެސް ހިމެނޭ ކަމަށެވެ.

މި ޕޮލިސީގެ މުއްދަތު ހަމަވަންދެން އެލައިޑުން ފައިސާ ދައްކާ ގޮތަށް ޕޮލިސީ ކުރިޔަށްގެންދާއިރު، ޕޮލިސީ ހިނގަމުންދާ މުއްދަތުގައި ލިބޭ އެމަޖެންސީ ފަންޑު ކޮންމެ ދެ އަހަރަކުން އެއް އަހަރު ލިބުމާއެކު ޕޮލިސީގެ މުއްދަތު ހަމަވުމުން، މެޗުރިޓީ ބެނެފިޓްއާއި ޕޮލިސީ ހިނގަމުން ދިޔަ މުއްދަތުގެ ތެރޭގައި އެކިޔުމުލޭޓްވެފައިވާ ބޯނަސްވެސް ލިބޭނެ އެވެ.

އެލައިޑުން ބުނީ ގިނަ ފައިދާތަކާއެކު އެންމެނަށް އެކްސެސިބަލް ޕްލޭނަކަށް ހެދުމަށް މި ޕޮލިސީ ފަރުމާކޮށްފައި ވަނީ ހެޔޮ އަގެއް ދައްކަންޖެހޭ ގޮތަށް، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ނެގޭ ގޮތަށް ކަމަށެވެ.

އެގޮތުން 25 އަހަރުގެ ބޭފުޅެއް އެއް ލައްކަ ރުފިޔާގެ ޕޮލިސީއެއް ނަގާނަމަ މަހަކަށް ގާތްގަނޑަކަށް ދައްކާލަން ޖެހޭނީ 600 ރުފިޔާ ކަމަށާއި، ޕްލޭން ނަގާ ފަރާތެއްގެ އާމްދަނީ އާއި ދިރިއުޅުން ބައްޓަން ކުރެވިފައިވާ ގޮތަށް ބިނާކޮށް އެކަށީގެންވާ ގޮތަށް ޕްލޭން ފަރުމާ ކޮށްލުމުގެ ފުރުސަތުވެސް ލިބެ ކަމަށް އެލައިޑުން ބުނެ އެވެ.

މިކަމާއި ގުޅުންހުރި މައުލޫމާތު އެލައިޑްގެ ހޮޓްލައިން 1600 އިން ހޯދުމަށް އެލައިޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ދުވަހާ ގުޅުވައިގެން އެލައިޑުގެ އަންހެން މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުންވަނީ ދުވަހާއި ގުޅުންހުރި އިތުރު ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އެލައިޑު އިންޝުއަރަންސުން ބުނީ މުސްތަގުބަލުގައިވެސް އެލައިޑުން މަސައްކަތް ކުރާނީ މިންތީގެ ހަމަހަމަކަން ގެނައުމަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް އެހީތެރިވުމުގަ އެވެ.