Advertisement

އެލައިޑުން ރޯދަ ޕްރޮމޯ: އަގުހުރި އިނާމު ލިބޭ މަދަހަ އަދި ޓިކްޓޮކް މުބާރާތެއް ބާއްވަނީ

25 ފެބުރުވަރީ 2024 - 13:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލައިޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަދަދު


އެލައިޑުން ރޯދަ ޕްރޮމޯ: އަގުހުރި އިނާމު ލިބޭ މަދަހަ އަދި ޓިކްޓޮކް މުބާރާތެއް ބާއްވަނީ

25 ފެބުރުވަރީ 2024 - 13:29 0

އެލައިޑް އިންޝުއަރެންސްގެ ރޯދަ ޕްރޮމޯޝަނުގެ ދަށުން އަގުހުރި އިނާމުތަކެއް ލިބޭ މަދަހަ އަދި ޓިކްޓޮކް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެލައިޑުން ބުނީ، ޕްރޮމޯޝަންގެ ދަށުން ބާއްވާ މަދަހަ މުބާރާތުގައި 12 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭއިރު، ޓިކްޓޮކް މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.

އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނު ވިދާޅުވީ މަދަހަ މުބާރާތުގައި ބައިވެރިވެވޭނީ ކުދިން ހުށަހަޅާފައިވާ މަދަހަތައް ފޭސްބުކަށް ލައިގެން ކަމަށާއި އެއްވަނައަށް ހޮވޭ ފަރާތަކަށް އައިޕެޑެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މަދަހަ މުބާރާތުގައި ރޯދަ މަސް ފެށިގެން ނިމެންދެން ބައިވެރިވެވޭނެ. މުބާރާތުގައި AlliedMadhaha# ޖެހުމަށްފަހު ބެލެނިވެރިންގެ ފޭސްބުކް އެކައުންޓަށް ލުމުން ބައިވެރިވެވޭނެ. މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ފިރުޝާން ވިދާޅުވި އެވެ.

ޓިކްޓޮކް މުބާރާތުގައި ބައިވެރިވުމަށް މިއަދުން ފެށިގެން މާޗު 25، ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި މުބާރާތުގެ މަގްސަދަކީ ލައިފް އިންޝުއަރެންސްއަށް އާންމުން ހޭލުންތެރި ކުރުވުން ކަމަށް ފިރުޝާން ވިދާޅުވި އެވެ.

އެގޮތުން ފިރުޝާން ވިދާޅުވީ InsurelifewithAllied# ޖެހުމަށްފަހު ލައިފް އިންޝުއަރެންސް ނެގުމުގެ މުހިންމުކަމާ ގުޅޭ ޓިކްޓޮކް އަޕްލޯޑްކޮށްގެން ހޮވޭ އެންމެ ރަނގަޅު ތިން ޓިކްޓޮކަކަށް ފައިސާގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭންގެ ދަށުން ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން 650،000 ރުފިޔާއާ ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަގާ ކޮންމެ ކަސްޓަމަރަކަށް، ޕްލޭނާ އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ލިބޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

"މި ޕްލޭން ނެގޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް.ޕްލޭންގެ ދަށުން އަލިފާނުގެ ހާދިސާ އަދި ވައްކަމުގެ ހާދިސާއާ ގުޅިގެން ގެއްލޭ މުދާތަކަށް ބަދަލު ލިބޭނެ. މީގެ ސަބަބުން ރައްކާތެރިކަން ލިބޭނެ ކަމުގެ ހިތްހަމަޖެހުން އޮވޭ،" ފަރީދާ ވިދާޅުވި އެވެ.

އެލައިޑުން ބުނީ، މި އަހަރުގެ ރޯދަ މަހުވެސް އިންޝުއަރަންސާއި ބެހޭ އަގުހުރި މައުލޫމާތު ޝައުގުވެރި ގޮތްތަކަށް އާންމުންނާއި ހަމައަށް ފޯރުކޮށްދީ، ރައްކާތެރިކަން ހޯއްދެވުމަށް ހިތްވަރު ދިނުމެވެ.

މީގެ އިތުރުން، ކުންފުންޏެއްގެ ހައިސިއްޔަތުން ކަސްޓަމަރުންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީ ވެސް އެލައިޑުން ހުޅުވާލި މިފުރުސަތުތަކުގެ ފަހުތަގައިވާ ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.