Advertisement

އަމީނީ މަގުގައި ތާރު އެޅި ހިސާބު އާންމުންނަށް ހުޅުވާލައިފި

6 އޮގަސްޓު 2023 - 15:28 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އަމީނީ މަގުގައި ތާރު އެޅުމަށްފަހު ގިޔާސުއްދީން ސުކޫލާއި ހަމައަށް ހުޅުވާލައިފި -- ފޮޓޯ: އާރްޑީސީ


އަމީނީ މަގުގައި ތާރު އެޅި ހިސާބު އާންމުންނަށް ހުޅުވާލައިފި

6 އޮގަސްޓު 2023 - 15:28 0

ތާރުއަޅައި، ފެންވަރު ރަނގަޅުކުރަން ބަންދުކޮށްފައި އޮތް އަމީނީ މަގު، އެންމެފަހުން ތާރު އެޅި ހިސާބާ ހަމައަށް އާންމުންނަށް ހުޅުވާލައިފި އެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އަމީނީ މަގުގެ ސެގްމެންޓް އަށެއް އަދި ނުވައެއްގައި ތާރު އަޅާފައިވާ ހިސާބު މިހާރު އާންމުންނަށް ހުޅުވާލައިފައި ވާކަމަށެވެ.

ތާރު އެޅުމުގެ މަސައްކަތް މިހާރު ނިންމާފައި އޮތީ ގިޔާސުއްދީން ސްކޫލާ ހަމައަށެވެ.

އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅާނެ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރުގެ އޯގަސްޓު، 30، ގަ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެހެންކަމުން މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ނަމަވެސް, އެ މުއްދަތަށް މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 އަށް ކަމަށެވެ.

ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.