Advertisement

ބޮޑު ވަޒީރުގެ އެދުމަށް ޓެއިލާ ސްވިފްޓް ކެނެޑާގައި ޝޯ ދޭން ނިންމައިފި

4 އޮގަސްޓު 2023 - 07:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އަދި ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ. -- ފޮޓޯ: އޭއެފްޕީ


ބޮޑު ވަޒީރުގެ އެދުމަށް ޓެއިލާ ސްވިފްޓް ކެނެޑާގައި ޝޯ ދޭން ނިންމައިފި

4 އޮގަސްޓު 2023 - 07:00 0

އޮޓާވާ، ކެނެޑާ (އޯގަސްޓް 4) - ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އެދިވަޑައިގެންނެވުމާ އެކު އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް ކެނެޑާގައި ޝޯ ދޭން ނިންމައިފި އެވެ.

ކޮންސެޓް ސްޕޮންސާ ކުރާ ރޮޖާޒް ކޮމިޔުނިކޭޝަންސުން ބުނީ "އީރާޒް ޓުއާ" ގެ ތެރެއިން ކެނެޑާގެ އެންމެ ބޮޑު ސިޓީގައި ޓެއިލާ ސްވިފްޓް ހަ ޝޯ ހުށަހަޅާނެ ކަމަށެވެ.

ޝޯތައް ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 2024 އަށެވެ. ޝޯތަކުގެ ޓިކެޓް ވަރަށް އަވަހަށް ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޓެއިލާ ސްވިފްޓް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ 2024 ވަނަ އަހަރު "އީރާޒް ޓުއާ" ކުރިއަށް ދާނީ މަޔާމީ، ނިއު އޯލީންސް، އިންޑީ އަދި ޓޮރޮންޓޯގައި ކަމަށެވެ.

ފިލްމު ޑިރެކްޓަރު ޖޭޖޭ އަބްރަމްސްގެ ދަރިއެއް ކަމުގައިވާ އެމެރިކާގެ ލަަވަކިޔުންތެރިޔާ ގްރޭސީ އަބްރަމްސްގެ ހުށަހެޅުންތަކެއް ވެސް ޝޯތަކުގައި ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

"އީރާޒް ޓުއާ" ގެ ތެރެއިން ޝޯ ދޭނެ ސިޓީތައް އިއުލާން ކުރި އިރު، ކެނެޑާ ހިމަނާފައި ނެތުމުން ކެނެޑާގައި އުޅޭ ޓެއިލާ ސްވިފްޓްގެ ފޭނުން ހިތާމަ ފާޅުކުރި އެވެ.

މިދިޔަ މަހު ކެނެޑާގެ ބޮޑު ވަޒީރު ޓްރޫޑޯ ކުރެއްވި ޓްވީޓެއްގައި ޓެއިލާ ސްވިފްޓްގެ ލަވައެއްގެ ބައިތެއް ބޭނުންކުރެއްވުމަށް ފަހު އެދުނީ އެ ގައުމުގައި ވެސް ޝޯ ދިނުމަށެވެ.

ޓެއިލާ ސްވިފްޓްގެ "އީރާޒް ޓުއާ" ފެށީ މާޗް މަހު އެވެ. އެމެރިކާ، މެކްސިކޯ، ޔޫރަޕް، އޭޝިއާ އަދި އޮސްޓްރޭލިއާގައި 100 އަށް ވުރެ ގިނަ ޝޯ ދޭން ޓުއާގެ ޝެޑިއުލްގައި ހިމަނާފައިވެ އެވެ.