Advertisement

އޮންލައިންކޮށް ހިދުމަތްދޭން "މައި އާސަންދަ" ޕޯޓަލް ލޯންޗުކޮށްފި

2 އޮގަސްޓު 2023 - 12:13 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އޮންލައިންކޮށް ހިދުމަތްދޭން "މައި އާސަންދަ" ޕޯޓަލް ލޯންޗުކޮށްފި

2 އޮގަސްޓު 2023 - 12:13 0

ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީއަށް އެދުން ފަސޭހަކޮށްދިނުމުގެ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑުން "މައި އާސަންދަ" ޕޯޓަލް ލޯންޗުކޮށްފި އެވެ.

މި ޕޯޓަލްއަށް އީ ފާސް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ.

"މައި އާސަންދަ" ޕޯޓަލްއިން ލިބޭ ހިދުމަތްތައް:

  • އާސަންދަ ސްކީމުގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ރިކޮމެންޑޭޝަން ފޯމު ޑޮކްޓަރުންނަށް ޕޯޓަލްގެ ތެރެއިން ފުރައިދެވޭނެ.
  • ވެލްފެއާގެ އެހީތެރިކަމަށް އެދި އާސަންދަ ފްރަންޓް އޮފީހަށް ނުވަތަ އެހެން މަރުކަޒެއްގައި ހުރި ވިރަ ކައުންޓަރަކަށް ދިއުމުގެ ބަދަލުގައި ހުށަހަޅަންޖެހޭ ހުރިހާ ލެޔެކިޔުންތަކެއް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުން.
  • އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތަކު ވެސް ބަލާލެވުން.
  • އެޕްލިކޭޝަން ކުރިއަށްގެންދިއުމަށް އިތުރު ލިޔެކިޔުމެއް ބޭނުންވާނަމަ، ޕޯޓަލްގެ ތެރެއިން ހުށަހެޅުން.

މީގެ އިތުރުން އާސަންދަ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރިކޮމެންޑޭޝަން ފޯމު މިމަހުގެ 15 އިން ފެށިގެން ބަލައިގަންނާނީ ހަމައެކަނި މި ޕޯޓަލް މެދުވެރިކޮށް ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއެވެ.

މި ޕޯޓަލް ލޯންޗުކުރި ނަމަވެސް ވިރަ ކައުންޓަރުތަކުންނާއި އާސަންދަ ކުންފުނީގެ ފްރަން އޮފީހުން ވެސް ފޯމުތައް ބަލައިގަންނާނެ އެވެ.