Advertisement

އަަފްރާޝީމްގެ މަރު؛ ހުމާމް މަރަން ކުރި ހުކުމުގެ ރިވިއު ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2023 - 13:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑރ. އަފްރާޝީމުގެ މަރުގެ މައްސަލާގައި މަރަން ހުކުމްކޮށްފައިވާ ހުމާމް އަހުމަދު -- ފޮޓޯ: ސަން.އެމްވީ


އަަފްރާޝީމްގެ މަރު؛ ހުމާމް މަރަން ކުރި ހުކުމުގެ ރިވިއު ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2023 - 13:15 0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި، ހުސައިން ހުމާމް އަހްމަދަށް މަރުގެ އަދަބު ދޭން ކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކުރަން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެ.

ހުމާމްގެ މައްސަލަ ރިވިއުކޮށްދޭން އެދިފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގަ އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި އެ މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމައިފަ އެވެ.

ދެހާސްބާރަ ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2016 ގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި މި ހުކުމް ހައި ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ.

ހުމާމުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިންކާރު ކުރެ އެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ވެސް ތުހުމަތު ކުރި އެވެ. އެހެން ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތުނުވުމުން ދޫކޮށްލި އެވެ.

ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހުމާމްއަށް ހުކުމްކުރާތާ 30 ދުވަހުގެ ތެރޭގައި ދަން ޖައްސައިގެން ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.

މަރުގެ ހުކުމް އިއްވާފައި އެހެން ނަމަވެސް ހުކުމް ތަންފީޒު ނުވެ ތިން މީހަކު އެބަތިއްބެވެ. އެއީ ހުމާމް އާއި، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި 2009 ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.