Advertisement

ކާންޔޭ ވެސްޓް އަލުން ޓްވިޓާއަށް

1 އޮގަސްޓު 2023 - 09:52 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ވެސްޓް ޓްވިޓާއިން ބޭންކޮށްފައިވަނީ 'ހޭޓް ސްޕީޗް" ހިމެނޭ ޓްވީޓްތަކެއް ކުރިކަމުގެ ތުހުމަތުގަ


ކާންޔޭ ވެސްޓް އަލުން ޓްވިޓާއަށް

1 އޮގަސްޓު 2023 - 09:52 0

ޓްވިޓާއިން، މިހާރުގެ ނަމުން ނަމަ "އެކްސް" އިން މީގެ ކުރިން ބޭންކޮށްފައިވާ އެމެރިކާގެ މަޝްހޫރު އާޓިސްޓް، ކާންޔޭ ވެސްޓްގެ އެކައުންޓަށް އަލުން އެކްސެސް ދީފި އެވެ.

މީގެ އަށް މަސް ކުރިން ވެސްޓް ޓްވިޓާއިން ބޭންކޮށްފައިވަނީ 'ހޭޓް ސްޕީޗް" ހިމެނޭ ޓްވީޓްތަކެއް ކުރިކަމުގެ ތުހުމަތުގަ އެވެ. ވެސްޓްގެ އެކައުންޓް އަލުން އޭނާއާ ހަވާލުކޮށްފައިވަނީ، އެފަދަ މޭރުމަކުން ވާހަކަ ނުދައްކާނެ ކަމުގެ ޔަގީންކަން، ކުންފުންޏަށް ކަށަވަރުކޮށްދިނުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ ޑިސެމްބަރުގަ ވެސްޓް ކުރި ޓްވީޓެއްގައި ވަނީ ޔަހޫދީ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އޭގެ އެއް ދުވަސް ފަހުން ޓްވިޓާއިން އޭނާ ބޭން ކޮށްފައިވަނީ އެކުންފުނީގެ ގަވާއިދާ ހިލާފުވެ، އަނިޔާވެރިކަމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ.

ޑިސެމްބަރުގެ ބޭންގެ ކުރިން، އޮކްޓޫބަރު މަހުވެސް ވެސްޓްގެ އެކައުންޓް ބޭން ކުރި އެވެ. އެމަހު ޓްވިޓާ އަދި އިންސްޓަގްރާމްގައި ކުރި ޕޯސްޓްތަކަކާއި ގުޅިގެން އެ ދެ ޕްލެޓްފޯމް އިން ވެސް އޭނާގެ އެކައުންޓް ލޮކް ކުރި އެވެ. މަޝްހޫރު ބްރޭންޑް "އަޑީޑަސް" އިން ވެސްޓް އާ އޮތް ވިޔަފާރި ގުޅުން ވެސް ނިމުމަކަށް ގެނައީ އެމަހު އެވެ.

އެކައުންޓް އަލުން ދީފައިވީ ނަމަވެސް ޓްވިޓާގެ އައު ފީޗާއެއް ކަމަށްވާ "ސަބްސްކްރިޕްޝަން" ބޭނުންކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތެއް ވެސްޓަކަށް ނުލިބޭނެ އެވެ. އަދި އޭނާގެ ޓްވީޓްތަކާއެކީ އެއްވެސް ބާވަތެއްގެ އިސްތިހާރެއް ވެސް ނުފެންނާނެ އެވެ.

އެކައުންޓް ލިބުނު ފަހުން ވެސްޓް އަދި އެއްވެސް ޓްވީޓެއްކޮށްފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ޓްވީޓެއްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ.