Advertisement

މިއަހަރުގެ ފުރަތަމަ ހަ މަހުގެ ނިޔަލަށް 1،171 ކައިވެނި އަދި 627 ވަރި

30 ޖުލައި 2023 - 11:27 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


މިއަހަރުގެ ފުރަތަމަ ހަ މަހުގެ ނިޔަލަށް 1،171 ކައިވެނި އަދި 627 ވަރި

30 ޖުލައި 2023 - 11:27 0

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލޭގައި 1,171 ކައިވެނި ކުރިއިރު، 627 ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން މީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގަ އެވެ. އަދި އެންމެ ގިނައިން ވަރިކޮށްފައިވަނީ މޭ މަހުގަ އެވެ.

ޖެނުއަރީ: ކައިވެނި - 195 ވަރި - 127

ފެބްރުއަރީ: ކައިވެނި -178 ވަރި - 98

މާޗް: ކައިވެނި - 245 ވަރި - 115

އޭޕްރީލް: ކައިވެނި - 114 ވަރި - 76

މެއި: ކައިވެނި - 185 ވަރި - 132

ޖޫން: ކައިވެނި - 254 ވަރި - 79

ތަފާސްހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން ވަނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1،106 މައްސަލައެއް ނިންމާފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި ހަރަދުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކާއި އާއިލީ އެހެނިހެން މައްސަލަތައް ހިމެނެ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 71 މައްސަލައެއް ނިންމާފައިވާއިރު، ހަރަދުގެ 63 މައްސަލައެއް އެ ކޯޓުން ވަނީ ނިންމާފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 101 މައްސަލައެއް ފެމިލީ ކޯޓުން ނިންމި އެވެ. އޭގެ ތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި ބަލަދުވެރިކަމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.