Advertisement

ޕެންޝަން ގާނޫނަށް ބޯނުލަނބާ ފަރާތްތައް އަދިވެސް ހާހުން މަތީގައި

27 ޖުލައި 2023 - 07:11 0

އަމަން ހަލީމް

އ

Advertisement

ބާޒާރުމަތީގައި މުދާ ބޭލުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރި ވަނީ: މުވައްޒަފުން ގެންގުޅޭ ހުރިހާ ފަރާތްތަކުން ޕެންޝަން ފައިސާ ޖަމާކުރަން ޖެހޭ --- ފޮޓޯ/އަދަދު


ޕެންޝަން ގާނޫނަށް ބޯނުލަނބާ ފަރާތްތައް އަދިވެސް ހާހުން މަތީގައި

27 ޖުލައި 2023 - 07:11 0

Advertisement

Advertisement

ޕެންޝަން ގާނޫނުގައިވާ ގޮތަށް، އަމަލު ނުކުރާ ފަރާތްތަކުގެ އަދަދު އޭގެ ކުރީ މަހަށްވުރެ މަދުވިޔަސް، މިފަހަރުގެ ލިސްޓުގައި ވެސް ދައުލަތުގެ އިދާރާތަކާއި ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނިއްޖެ އެވެ.

ޕެންޝަން އޮފީހުން ކޮންމެ މަހެއްގެ 25 ގައި އާންމުކުރާ "ނަން ކޮމްޕްލަޔަންޓް އެމްޕްލޯޔާސް" ލިސްޓުގައި މިފަހަރު 1045 ކުންފުންޏެއްގެ ނަން އެބަ އޮތެވެ. މިއީ ކުރީގެ ލިސްޓަށް ވުރެ ފަސް އެމްޕްލޯޔަރުން މަދު އަދަދެކެވެ.

Advertisement

ޕެންޝަނަށް ފައިސާ ނުދައްކާ 1،000 އަށް ވުރެ ގިނަ އެމްޕްލޯޔަރުން

ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް ލިސްޓްކޮށްފައިވާ 1،050 ކުންފުނީގެ ތެރެއިން ފަސް ކުންފުންޏަކުން ނުދައްކާ ހުރި ފައިސާގެ އަދަދު މިލިޔަނަކަށް ވުރެ މައްޗެވެ.

ޕެންޝަނަށް ފައިސާ ނުދައްކާ 1،000 އަށް ވުރެ ގިނަ އެމްޕްލޯޔަރުން

ޕެންޝަނަށް ފައިސާ ނުދައްކާ ކަމަށް ލިސްޓްކޮށްފައިވާ 1،050 ކުންފުނީގެ ތެރެއިން ފަސް ކުންފުންޏަކުން ނުދައްކާ ހުރި ފައިސާގެ އަދަދު މިލިޔަނަކަށް ވުރެ މައްޗެވެ.

ނަން ކޮމްޕްލަޔަންޓް ލިސްޓުގައި ގިނައީ ޕެންޝަން ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ނުުކުރާ ކުންފުނިތަކާއި ޕެންޝަނަށް ދައްކަން ޖެހޭ ފައިސާ ހާމަނުކުރާ (ކޮންޓްރިބިއުޝަން ފައިލް ނުކުރާ) ކުންފުނިތަކެވެ.

ދެން އެ ލިސްޓުގައި ހިމެނޭ 398 ކުންފުނީގެ ތެރެއިން 240 ފަރާތަކަށް ފައިނަލް ނޯޓިސް ދީފައިވާއިރު، 144 ފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ބާކީ ތިބި 14 އެމްޕްލޯޔަރުންގެ މައްސަލަ އޮތީ "ނެގޯޝިއޭޝަން" މަރުހަލާގަ އެވެ.

Advertisement

ޕެންޝަން ފައިސާ ނުދައްކާ އެމްޕްލޯޔަރުންގެ ތެރޭގައި ހިމެނެނީ

  • އެއް މިލިއަން ރުފިޔާއަށް ވުރެ ގިނައިން - 5
    • 1،000،000ރ. - 500،001ރ. - 6
    • 500،000ރ. - 100،000ރ. - 5
    • 500،000ރ. - 100،000ރ. - 39
    • 100،000ރ. - 50،000ރ. - 26
    • 50،000ރ. އަށް ވުރެ މަދުން - 322

    ބަރާބަރަށް ޕެންޝަން ފައިދާ ނުދައްކާ ލިސްޓުގައި ގިނައީ ޕްރައިވެޓް ވިޔަފާރިތައް ނަމަވެސް އެއް ލައްކަ ރުފިޔާއަށް ވުރެ ގިނައިން ޕެންޝަން ނުދައްކައިވާ ލިސްޓުގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުން ބަޖެޓު ދީގެން ހިންގާ ބައެއް ތަންތަން ހިމެނެ އެވެ. އެ ފަރާތްތަކަކީ:

    • ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) - މިލިއަން ރުފިޔާއަށް ވުރެ ގިނައިން ދައްކަން ޖެހޭ
    • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު - ފަސް ލައްކަ ރުފިޔާއަށް ވުރެ ގިނައިން ދައްކަން ޖެހޭ
    • ޓްރާންސްޕޯޓް މިނިސްޓްރީ - އެއް ލައްކަ ރުފިޔާއަށް ވުރެ ގިނައިން
    • ފުޅަދޫ ކައުންސިލް - އެއް ލައްކަ ރުފިޔާއަށް ވުރެ ގިނައިން
    • ރަކީދޫ ކައުންސިލް - އެއް ލައްކަ ރުފިޔާއަށް ވުރެ ގިނައިން