26 ޖުލައި 2023 - 08:44 2
26 ޖުލައި 2023 - 08:44 2
ގައުމީ ފެތުންތެރިންގެ ޓީމުގައި ހިމެނޭ، ހަމްނާ އަހުމަދު އާއި އިމްއާން އަލީ މިހާރު ކުރިޔަށްދާ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވަނީ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް މުގުރާލައިފައި.
ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯޑް ހަމްނާ، އާ ކުރީ 01.18.17 ޓައިމިން އަކުން މި ރޭސް ނިންމައިގެންނެވެ.
އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑް އެންމެފަހުން އޮތީ އައިޝަތު ސައުސަން އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. އެ ފަހަރު ސައުސަން އެ އިވެންޓު ނިންމާފައިވަނީ 01.18.58 ގެ ޓައިމިން އަކުންނެވެ.
ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އިމްޢާން އާކުރީ 01.04.98 އިން މި އިވެންޓު ފުރިހަމަ ގެންނެވެ. މި ރެކޯޑް އެންމެ ފަހުން އޮތީ މުޙައްމަދު އާން ޙުސައިން އަތުގަ އެވެ. އެއީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އާން، 01.05.77 އިން ރޭސް ނިންމައިގެން ހެދި ރެކޯޑެކެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އިބްރާހީމް ކިލެގެފާނު
over 1 year ago
ޤައުމީ ރިކޯރޑްއައުކުރި ވާހަކަ ބާއްވާފައި، ޚަބަރުގައި އޮންނަންވީ އެ އެތިލީޓުން ބައިވެރިވި މުބާރާތުން ލިބުނު ވަނަ
ޟޮހަމެދ
over 1 year ago
ހުރިހާ ފެތުން ތެރީންނައް ވުރެ ފަހަތުގަ ތިބީ؟ ނޭޕާލް ގެފެތުން ތެރީންނައް ވުރެ 18 ތިކުންތު ލަސް 100މ ބަޓަރ ފުލައިގަ!
Comment