Advertisement

އެލައިޑް އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

26 ޖުލައި 2023 - 13:11 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަޖީދިއްޔާ ސްކޫލް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެލައިޑް އެޑިއުކޭޝަން ފަންޑަށް ކުރިމަތިލާން ހުޅުވާލައިފި

26 ޖުލައި 2023 - 13:11 0

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލައިފިއެވެ.

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މުހިއްމު މަސައްކަތެކެވެ. އެލައިޑުން ބުނި ގޮތުގައި އެފަންޑުގެ އެހީއަށް ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

އެ ފަންޑުގެ ދަށުން ޖުމުލަ އަށް ޕްރޮޖެކްޓެއް ހިންގަން ކޮންމެ ޕްރޮޖެކްޓަކަށް 25،000ރ. ދޭން އެލައިޑުން ވަނީ ނިންމައިފަ އެވެ.

އެ ފަންޑަށް ކުރިމަތިލެވޭނީ ސަރުކާރުން ހިންގާ ޕަބްލިކް ސްކޫލްތަކަށެވެ. މިދިޔަ އަހަރުގެ އެޑިއުކޭޝަން ފަންޑުން ފަންޑުދީފައިވާ ސްކޫލްތަކުގެ ބަދަލުގައި މިއަހަރު އައު ސްކޫލުތަކަށް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އެލައިޑުން ބުނެ އެވެ. ކޮންމެ ސްކޫލަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޖެކްޓެވެ.

މިފުރުސަތަށް އެދި އަންނަ އޮގަސްޓް 15ގެ 16:00ގެ ކުރިން [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ އެވެ.