Advertisement

އެލައިޑްގެ 39 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ގިވްއަވޭ ސީރީޒެއް ފަށައިފި

30 ޖަނަވަރީ 2024 - 20:29 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެލައިޑްގެ 39 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ގިވްއަވޭ ސީރީޒެއް ފަށައިފި

30 ޖަނަވަރީ 2024 - 20:29 0

އެލައިޑްގެ 39 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ކުންފުނިން ހާއްސަ ގިވްއަވޭ ސީރީޒެއް ފަށައިފި އެވެ.

މުޅިން އަލަށް އެލައިޑުން ފެށި މި ގިވްއަވޭ ސީރީޒް ހާއްސަކޮށްފައި ވަނީ އޮންލައިންކޮށް އިންޝިއުރެންސް ޕޮލިސީ ގަންނަ ކަސްޓަމަރުންނަށެވެ. އެގޮތުން އޮންލައިންކޮށް އެލައިޑުގެ ކޮންމެ އިންޝިއުރެންސް ސްކީމެއް ގަތް ކަމުގައިވިޔަސް ހާއްސަ ހަދިޔާއެއް އެ ކަސްޓަމަރަކަށް ލިބިގެންދާނެ އެވެ. އަދި ޕޮލިސީ ގަންނަތާ 30 ދުވަހުގެ ތެރޭ އެލައިޑް އޮފީހަށް ދިއުމުން އެ ހަދިޔާ ލިބޭނެ އެވެ.

އެލައިޑުގެ ގިވްއަވޭ ސީރީޒްގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ކުޑަ، ކޯޓު، ތޮފި، ރީޔޫޒަބަލް ކޮތަޅު، ނޯޓްބުކް، އަދި ފޯން ސްޓޭންޑު ފަދަ ހަދިޔާތައް ހިމެނެ އެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލައިޑްގެ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވީ އޮންލައިންކޮށް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފޯނުމެދުވެރިކޮށް އެސްއެމްއެސްގެ ޒަރީއާއިން ރިފެރަލް ކޯޑެއް ލިބޭނެ ކަމަށާއި އެ ކޯޑު ފްރަންޓް އޮފީހަށް ދައްކާލުމުން ހަދިޔާ ލިބޭނެ ކަަމަށެވެ.

މި ގިވްއަވޭ ސީރީޒްގެ އިތުރުން އެ ކުންފުންޏަށް 39 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުން ފެށިގެން، އެ ކުންފުނިން ޕޮލިސީ ގަންނަ ފުރަތަމަ 39 ކަސްޓަމަރުންނަށް ވެސް ހާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ކަޕްކޭކު ބެހުމުގެ ހަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެލައިޑުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފާއިތުވި އަހަރުގެ އެންމެ ރަނގަޅު ތިން ބްރޯކަރުންނާއި ތިން އެޖެންޓުންނަށް އެވޯޑު ވެސް ވަނީ ދީފަ އެވެ. އޭގެ އިތުރުން އެލައިޑުގެ ސީއެސްއާރުގެ ދަށުން ރެޑް ކްރެސެންޓުގެ ކޯޕަރޭޓް ހިއުމެނިޓޭރިއަން އިނީޝިއޭޓިވްގައި ބައިވެރިވުމަށާއި މަގުމަތީގެ އެކްސިޑެންޓުތަކުން ރައްކާތެރިވުމަށް ފުލުހުން ކުރިއަށްގެންދާ "ރައްކާ" ޕްރޮގްރާމާ ވެސް އެ ކުންފުނިން ވަނީ މިއަދު ގުޅިފަ އެވެ.