Advertisement

އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި 51 ބޮޑުމަސް މަރުވެއްޖެ

27 ޖުލައި 2023 - 08:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގޮނޑުދޮށް ކައިރިއަށް ޖަމާވި ބޮޑުމަސްތައް.


އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި 51 ބޮޑުމަސް މަރުވެއްޖެ

27 ޖުލައި 2023 - 08:00 0

ހުޅަނގު އޮސްޓްރޭލިއާގެ ބީޗަކަށް ލެއްގި 51 ބޮޑުމަސް މަރުވެފައިވާ ކަމަށް އިތުރު މަސްތައް ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގާތްގަނޑަކަށް 100 މަސް ހިމެނޭ ގްރޫޕެއް ފެނުނީ އަންގާރަ ދުވަހުގެ ހަވީރު ޕާތުގެ އިރުދެކުނުން 400 ކިލޯމީޓަރު ދުރުން ޗެޔިން ގޮނޑުދޮށް ކައިރިންނެވެ.

ތަޖުރިބާކާރުންނާއި އޮފިޝަލުން ވަނީ އެ މަސްތަކަށް އެހީވުމަށް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ބުދަ ދުވަހުގެ ހެނދުނުވީ އިރު 51 މަސް މަރުވި ކަމަށް އޮފިޝަލުން ބުންޏެވެ.

ބާކީ 46 މަސް ގޮނޑުދޮށުގައި އޮތް އިރު، އެ ތަކެތި ސަލާމަތް ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑުގެ ގޮނޑުދޮށްތަކަށް ވަރަށް ގިނައިން ބޮޑުމަސް ލައްގަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ވެސް ނިއުޒީލޭންޑުގައި 500 އެއްހާ މަސް މިގޮތަށް މަރުވި އެވެ.

ގޮނޑުދޮށަށް ބޮޑުމަސް ލައްގާ ސަބަބު ސައިންސްވެރިންނަކަށް ނޭނގެ އެވެ. އާއްމުކޮށް މިގޮތަށް ދިމާވަނީ ޕައިލެޓް ވޭލް ބާވަތުގެ ބޮޑުމަހަށެވެ.