Advertisement

ހުއްޓަން ބުނުމުން ސައިކަލުގައި "ފިލި" ކަމުގެ ތުހުމަތުގައި މެމްބަރު އާމިރު ހައްޔަރުކޮށްފި

25 ޖުލައި 2023 - 09:03 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އާމިރު މަޖިލީހުގައި: ފުލުހުން ވަނީ ގަޑިއެއްހާއިރު ވަންދެން އޭނާ ހައްޔަރު ކުރުމަށްފަހު ސައިކަލު ޓޯކޮށްފައި -- ފޮޓޯ: މަޖިލީސް


ހުއްޓަން ބުނުމުން ސައިކަލުގައި "ފިލި" ކަމުގެ ތުހުމަތުގައި މެމްބަރު އާމިރު ހައްޔަރުކޮށްފި

25 ޖުލައި 2023 - 09:03 2

މަގުމަތި ބަލަހައްޓަމުންދިޔަ ފުލުހުން މަޑުކުރަން ބުނުމުން އެ އަމުރަށް ބޯނުލަނބައި ފިލިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރޭ ދަންވަރު ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންގޮސްފި އެވެ.

އާމިރު ހައްޔަރު ކުރީ ޓްރެފިކް ފުލުހުން ކޯނު އަޅައިގެން ހުޅުމާލޭ ފޭސް ދޭއްގެ ސްޓެލްކޯ ފްލެޓް ކައިރިން ވެހިކަލްތައް ފާސް ކުރަމުގެ ތެރޭގައި މަޑުކުރަން ބުނުމުން މަޑުނުކޮށް ދިއުމުންނެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ސައިކަލުގައި ދިޔުމުން ފަހުން ގޮސް ހޯދައިގެން ރޭ ދަންވަރު 1:15 ހާއިރެވެ.

ފުލުސް ސްޓޭޝަނަށް ގެންދިޔުމަށްފަހު އާމިރު ދޫކޮށްލީ ގަޑިއެއްހާއިރު ފަހުން 2:15 ގަ އެވެ. ނުރައްކާތެރިކޮށް ސައިކަލު ދުއްވިކަމުގެ ތުހުމަތުގައި އޭނާގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އާމިރު ހައްޔަރު ކުރި ވަގުތު ނަގާފައިވާ ވީޑިއޯއެއް މިހާރު އާންމުވެފައިވާއިރު އެއިން ފެންނަނީ މެމްބަރު ސައިކަލުގައި އިންނަވަނިކޮށް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް އޭނާ ގެންގޮސް ހައްޔަރު ކުރާ މަންޒަރެވެ.

"އަނިޔާ ނުކުރޭ، އަނިޔާ ނުކުރޭ، އަނިޔާ ނުކުރޭ،" އާމިރު އެ ވީޑިއޯގައި ވިދާޅުވާ އަޑު އިވެ އެވެ.

ކަމުގެ މައުލޫމާތު އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ ފުލުހުން ހުއްޓަން ބުނުމުން އާމިރު ހުތުރު ބަހުން އެއްޗެހި ގޮވުމަށްފަހު މަޑުނުކޮށްދިޔައީ ކަމަށެވެ. އޭނާގެ މައުލޫމާތު ވެސް ފުލުހުންނަށް ދިނީ ސްޓޭޝަނަށް ގެންދިޔުމުން ކަމަށްވެ އެވެ.

އެ މައްސަލައިގައި ބަހެއް ހޯދުމަށް މި ނޫހުން ގުޅުމުން އާމިރު ފޯނު ނުނަންގަވާތީ ކަން ހިނގައިދިޔަ ގޮތް އޭނާގެ ފަރާތުން ސާފެއްނުވި އެވެ.