Advertisement

ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

24 ޖުލައި 2023 - 07:27 0

އަހުމަދު އާއިދު

އ

Advertisement

ށ.ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ހަފުލާއެއްގެ ތެރެއިން - ފޮޓޯ: ހެލްތު މިނިސްޓްރީ


ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

24 ޖުލައި 2023 - 07:27 0

Advertisement

Advertisement

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ސިޓްރާމަސް ހެވީ އިންޑަސްޓްރީސް ނަމަކަށް ކިޔާ ކުންފުންޏަކާއި ފްލެސިންސްކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކާ އެވެ.

Advertisement

ފުނަދޫ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް އެ ޖޮއިންޓް ވެންޗާ އާ ހަވާލުކުރީ 135 މިލިޔަން ރުފިޔާގެ އަގަކަށް، 540 ދުވަހުގެ ތެރޭގައި (ގާތްގަނޑަކަށް އެއް އަހަރާއި ފަސް މަސްދުވަހުގެ ތެރޭގައި] ނިންމާ ގޮތަށެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ހެލްތު މިނިސްޓްރީގައި އެކަމަށް ޓަކައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ.

Advertisement

ށ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުމެއް -


ށ. އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް އާ އިމާރާތެއްގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ވެދެއްވީ އެ ރަށު ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 18 ޖޫން 2022 ގައި އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.