Advertisement

އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލައިގައި އަންހެންވެރިން ނުކުމެ ތުހުމަތުވާ މީހާގެ ގޭގައި ހުޅުޖަހައިފި

22 ޖުލައި 2023 - 06:57 0

ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުވާ މީހާގެ ގެއަށް އަންހެންވެރިންތަކެއް ހަމަލާ ދެނީ.


އިންޑިއާގައި ޖިންސީ ގޯނާގެ މައްސަލައިގައި އަންހެންވެރިން ނުކުމެ ތުހުމަތުވާ މީހާގެ ގޭގައި ހުޅުޖަހައިފި

22 ޖުލައި 2023 - 06:57 0

އިންޑިއާގެ އިރުއުތުރުގެ އަވަށެއް ކަމަށްވާ މަނިޕޫރުގެ އަންހެނުންތަނެއް ނުކުމެ، ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުވާ މައިގަނޑު މީހާގެ ގެއަށް އިއްޔެ ހަމަލާދީ ހުޅުޖަހައިފި އެވެ.

ތުހުމަތުވާ އެ މީހާ ވަނީ މިދިޔަ މެއި މަހު ދެ އަންހެނަކު މަގު މައްޗަށް ނެރެ، ގަން ހިންގުވަމުން ދިޔައިރު، އެ މީހުން ބަރަހަނާކޮށް، ރޭޕްކުރުމަށް ބާރު އަޅަމުންނެވެ. މެއި 4 ވަނަ ދުވަހުގެ އެ ހާދިސާގެ ވީޑިއޯ މި ހަފުތާގެ ކުރީކޮޅު ވައިރަލްވުމާއެކު މަނިޕޫރު ކެކި، އޭގެ ހޫނުކަން އަދިވެސް މައިތިރި ނުވެ އެވެ.

މުޅި އިންޑިއާގެ ސަމާލުކަމަށް އައި އެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުވާ 32 އަހަރުގެ މީހާ ހައްޔަރުކުރީ، އޭނާގެ އެ ޖަރީމާ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުށްވެރިކުރައްވައި، އޭނާ އަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލިތާ ގިނަ އިރުތަކެއް ނުވަނީހެ އެވެ.

މައްސަލައިގައިގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު، ތިރީހަކަށް މީހުން ހޯދަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އިންޑިއާގައި ޖިންސީ ގޯނާ އާއި އަނިޔާގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެވެ. ބައެއް މައްސަލަތަކުގައި މުޅި އިންޑިއާ ހޫނުވެފައިވެ އެވެ.