Advertisement

ދިއްދޫ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑަކާއި އެއާޕޯޓެއް އަޅާނަން؛ ރައީސް

20 ޖުލައި 2023 - 22:17 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: މިރާޝް/އަދަދު


ދިއްދޫ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑަކާއި އެއާޕޯޓެއް އަޅާނަން؛ ރައީސް

20 ޖުލައި 2023 - 22:17 0

ހއ. ދިއްދޫ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑަކާއި އެއާޕޯޓެއް ގާއިމްކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ދިއްދޫ ރައްޔިތުން އެދުނު އެތައް ކަމެއް މިހާރު ފުއްދައި ދެވިފައިވާކަމަށާއި، އަދި މިހާރު ރައްޔިތުން އެދޭ ޕިކްނިކު އައިލެންޑާއި އެއާޕޯޓު ގާއިމްކޮށްދެއްވާނެ ކަމަށެވެ.

"ދިއްދޫގައި އިރާދަކުރެއްވިއްޔާ ބިން ހިއްކި ނިމިގެން ދާއިރު މިރަށުގަ އެއާޕޯޓެއް ވެސް އެޅިގެން ދާނެ އަދި ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑު ވެސް ބިން ހިއްކިގެން ދާއިރު ކައިރިން ފެނިގެން ދާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުން ވަނީ ހއ. ހޯރަފުށި އަދި ގދ. ފަރެސްމާތޮޑާ ގައި އެއާޕޯޓެއް ގާއިމްކޮށްފަ އެވެ. އަދި އިތުރު ހަތަރު އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބާރަ ރަށެއްގެ ބިން ހިއްކާ ނިމިއްޖެ. 13 ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެދަނީ. ދަންނަވަންތޯ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ އޮގަސްޓުމަހުގެ ތެރޭގައި ފެށިގެން ދާނެ" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހޯރަފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް ދިއްދޫއިން ފުރައިގެން އެރަށަށް ދިއުމަށް ގިނަ އިރު ނަގަ އެވެ. ދިއްދޫއާ އެންމެ ކައިރީގައި އެއާޕޯޓެއް އޮންނަނީ ހދ. ހަނިމާދޫގަ އެވެ. ދިއްދޫއިން ހަނިމާދޫއަށް 15 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.