Advertisement

ސިޔާމްގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 8:00 ގައި

20 ޖުލައި 2023 - 15:08 1

އަހުމަދު އާއިދު

އ

Advertisement

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު : ސިޔާމާއި ހިލްޓަން މައްސަލާގެ އަޑުއެހުމެއް މާދަމާ 8:00 ގައި - ފޮޓޯ: މަޖިލިސް އިދާރާ


ސިޔާމްގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 8:00 ގައި

20 ޖުލައި 2023 - 15:08 1

Advertisement

Advertisement

ސިންގަޕޫރުގެ ހައި ކޯޓުގައި މިހާރު ހިނގަމުންދާ އެ ގައުމުގެ ހިލްޓަން ކުންފުނިން ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ރާއްޖެ ގަޑިން ހެދުނު 8:00 އަށް ތާވަލުކޮށްފި އެވެ.

މި މައްސަލާގައި "އަދަދު" އިން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ސިންގަޕޫރުގެ އެއްވެސް ކޯޓަކުން މި އަހަރުގެ ތެރޭގައި ސިޔާމްގެ މައްޗަށް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އަދި، މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ވެސް ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށްދިޔަ އެވެ.

Advertisement

އެ އަޑުއެހުމަށް ސިޔާމް ސިންގަޕޫރަށް ދިއުމާއެކު އެ ގައުމުން ފުރުން މަނާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ސިޔާމްގެ އަރިސް ބައެއް ބޭފުޅުން ވަނީ އެއީ ދޮގެއްކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

މި މައްސަލާގައި މާދަމާ ބާއްވާ އަޑުއެހުމުގައި ހިލްޓަން ކުންފުނި ތަމްސީލުކުރާ ލޯ ފާމަކީ ސިންގަޕޫރުގެ ރަޖާހް އެންޑް ޓާން އެލްއެލްޕީ އެވެ. ސިޔާމް އަދި އޭނާގެ ކުންފުނި ތަމްސީލުކުރާނީ އެ ގައުމުގެ ޑްރޫ އެންޑް ނެޕިއާ ލޯފާމުންނެވެ.

ސިންގަޕޫރުގެ ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައަކީ ސަން ޓްރެވަލް ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ނުދައްކާ އޮތް މައްސަލަ އެވެ. އެއީ ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009ގައި ސަން ޓްވެލް އާއި ހިލްޓަންއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެންނެވެ. އެ އެއްބަސްވުން އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކަނޑައަޅައި، ހުކުމްކުރީ ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭށެވެ.

Advertisement

ސިޔާމް ފުރުން މަނާ ނުކުރޭ، މަޑުކުރީ މާދަމާގެ އަޑުއެހުމަށް

"އެއީ ހަގީގަތެއް ނޫން. މަޑުކުރައްވައިގެން ހުންނެވީ އަމިއްލަ އިހުތިޔާރުގައި، [ކޯޓުގެ] އަޑުއެހުންތަކަށް. ހުންނެވީ ހޮޓެލްގައި. ޕާސްޕޯޓެއް ވެސް ނުހިފަހައްޓާ. ކިހިނެއްތޯ ދިވެހި ޕާސްޕޯޓެއް ސިންގަޕޫރުން ހިފަހައްޓާނީ،"

ސިޔާމް ފުރުން މަނާ ނުކުރޭ، މަޑުކުރީ މާދަމާގެ އަޑުއެހުމަށް

"އެއީ ހަގީގަތެއް ނޫން. މަޑުކުރައްވައިގެން ހުންނެވީ އަމިއްލަ އިހުތިޔާރުގައި، [ކޯޓުގެ] އަޑުއެހުންތަކަށް. ހުންނެވީ ހޮޓެލްގައި. ޕާސްޕޯޓެއް ވެސް ނުހިފަހައްޓާ. ކިހިނެއްތޯ ދިވެހި ޕާސްޕޯޓެއް ސިންގަޕޫރުން ހިފަހައްޓާނީ،"

ސިންގަޕޫރު އާބިޓްރޭޝަންގެ އެ ހުކުމާ އެއްގޮތަށް ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އެވެ. އަދި މާދަމާ އަށް ވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހިލްޓަން އަށް ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ނިންމާފައިވަނީ ދެ ހަފުތާތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ ނިންމުން ސަން ޓްރެވަލުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ވަނީ ނެރެދީފަ އެވެ.

Advertisement

25.00%

0.00%

50.00%

25.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސަތޭ

over 1 year ago

އެހެންވެދޯ މިސިޔާމު ރައީސް އިބުރާހިމާ ބައިއަތު ހިފައިގެން މި އުޅެނީ، ތިތަނަށް ދައްކަންޖެހޭ ފައިސާގަނޑުވެސް ސަރުކަަރުގެ ޚަޒާނާ ނޮޅާލައިގެން ދައްކާނެ، މިހެން ގައުމަށާ ގައުމުންބޭރަށް ދަރާވިކިފާ ތހިބި ބައިގަނޑެއް މި ޣައްދާރު ސަރުކަަރުގަ މިހަަރު ތިބީ، ކޮންމެ ގޮލައަކުވެސް މި ބަލަނީރައީސް އިބުރާހިމަށް ސަނާކިއައިގެން ފައިސާގަނޑު ނުދީ ހުންނަން، ރއިބުރާހިމަކީ ސަނާކިއަފިއްޔާ އެމީހަކާމެދު ހޭބުއްދި ފިލަަފަ ހުންނަ ބޭކަލެއް ވިއްޔަ.