Advertisement

އޮސްޓްރޭލިއާގެ އަސްކަރީ ގާބިލުކަމާ މެދު ތަޖުރިބާކާރުންގެ ކަންބޮޑުވުން

20 ޖުލައި 2023 - 14:52 0


އޮސްޓްރޭލިއާގެ އަސްކަރީ ގާބިލުކަމާ މެދު ތަޖުރިބާކާރުންގެ ކަންބޮޑުވުން

20 ޖުލައި 2023 - 14:52 0

ޗައިނާ އަދި އެމެރިކާ ސަރުކާރާ ދެމެދު ޕެސިފިކް ކަނޑުގެ ކޮންޓްރޯލާ ގުޅިގެން ނުތަނަވަސްކަން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެ ސަރަހައްދުގައި އޮތް އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ އޮސްޓްރޭލިއާގެ އަސްކަރީ ގާބިލުކަމާ މެދު ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަސްކަރީ ތަޖުރިބާކާރުންނާއި މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ކުރިއަށް އޮތް އަށް ވަރަކަށް އަހަރު ތެރޭ ޕެސިފިކް ކަނޑުގައި އަސްކަރީ ހަމަނުޖެހުންތައް ހިނގަން ފަށާނެ އެވެ. އެއަށް ތައްޔާރުވުމުގެ ބަދަލުގައި އޮސްޓްރޭލިއާ ސަރުކާރުން އެހެން ކަންކަމަށް އިސްކަން ދީފައިވާ ކަމަށް ޑިފެންސް ސްޓެރެޓެޖިކް ރިވިއުއިން ވަނީ ހާމަވެފަ އެވެ.

ހަމަލާއަކުން ދިފާއުވުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށާއި އަދި އެކުވެރި ގައުމުތަކުން ދިފާއުގައި ތެދުވާނެ ކަމަށް ދެކޭތީ އޮސްޓްރޭލިއާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަގުގައި ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމަށް ރިވިއުގައި ބުނެފައިވެ އެވެ.

އޮސްޓްރޭލިއަން އިންޑަސްޓްރީ އެންޑް ޑިފެންސް ނެޓްވޯކް (އޭއައިޑީއެން) ގެ ސީއީއޯ ބްރެންޓް ކްލާކް ވަނީ އެކަމާ ގުޅިގެން އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން, އަސްކަރީ ކޮންޓްރެކްޓުތައް އެވޯޑު ނުކުރެވި ދެ އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި އެ ދެ އަހަރު އަނބުރާ ހޯދާނެ ގޮތެއް ސަރުކާރަށް ދެއްކިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި, އަސްކަރިއްޔާ ވަރުގަދަ ކުރަން ބޭނުންވާ ސާމާާނު އުފެއްދުމުގެ ގާބިލުކަން އެ ގައުމުގައި ނެތުމަކީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ.

އޮސްޓްރޭލިއާއިން ވަނީ 1.3 ބިލިއަން ޑޮލަރަށް 220 ކްރޫޒް މިސައިލް އެމެރިކާއިން ގަންނަން ނިންމާފަ އެވެ. ޖަޕާނުން 700 މިސައިލް ގަންނައިރު ކްލާކް ގަބޫލުކުރާ ގޮތުގައި އެމެރިކާއަށް މުޅިން ބަރޯސާވާން ޖެހުމަކީ ލިބޭ ގެއްލުމެކެވެ.