20 ޖުލައި 2023 - 11:20 4
އާމިނަތު ނިއުޝާ
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަން ޓްރެވަލްގެ ވެރިޔާ އަހުމްދު ސިޔާމް މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް
20 ޖުލައި 2023 - 11:20 4
ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ގްރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ސިންގަޕޫރުން ފުރުން މަނާކޮށްފައި ނެތް ކަމަށާއި މަޑުކުރައްވައިގެން ހުންނެވީ ހިލްޓަންގެ މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުމަށް ކަމަށް އެނގިއްޖެ އެވެ.
ސިޔާމްގެ އަރިސް ބައެއް ބޭފުޅުން މި ނޫހަށް ކަށަވަރުކޮށް ދިން ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް ފެތުރިފައިވާ އަޑަކީ ދޮގެކެވެ.
"އެއީ ހަގީގަތެއް ނޫން. މަޑުކުރައްވައިގެން ހުންނެވީ އަމިއްލަ އިހުތިޔާރުގައި، [ކޯޓުގެ] އަޑުއެހުންތަކަށް. ހުންނެވީ ހޮޓެލްގައި. ޕާސްޕޯޓެއް ވެސް ނުހިފަހައްޓާ. ކިހިނެއްތޯ ދިވެހި ޕާސްޕޯޓެއް ސިންގަޕޫރުން ހިފަހައްޓާނީ،" ސިޔާމްގެ ވަރަށް އަރިސް، އަދި އާއިލީ ގޮތުން ވެސް ގުޅުން އޮންނަ ބޭފުޅަކު ވިދާޅުވި އެވެ.
މި ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް ވެރިން ވިދާޅުވީ ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓިކަން، ނުވަތަ ފުރުން މަނާކުރިކަން ރަސްމީ ގޮތެއްގައި ވެސް، ނުރަސްމީ ގޮތެއްގައި ވެސް އެނގިފައި ނެތް ކަމަށެވެ.
"އެއީ ތެދެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ވާހަކަ ދެއްކި އެއް ބޭފުޅަކު ވިދާޅުވި އެވެ.
ސިންގަޕޫރުގެ ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައަކީ ސަން ޓްރެވަލް ކުންފުނިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ނުދައްކާ އޮތް މައްސަލަ އެވެ. އެއީ ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009ގައި ސަން ޓްވެލް އާއި ހިލްޓަންއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެންނެވެ. އެ އެއްބަސްވުން އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކަނޑައަޅައި، ހުކުމްކުރީ ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭށެވެ.
ސިންގަޕޫރު އާބިޓްރޭޝަންގެ އެ ހުކުމާ އެއްގޮތަށް ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބޭއްވި އެވެ. އަދި މާދަމާ އަށް ވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.
ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހިލްޓަން އަށް ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ނިންމާފައިވަނީ ދެ ހަފުތާތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ ނިންމުން ސަން ޓްރެވަލުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ވަނީ ނެރެދީފަ އެވެ.
0.00%
16.67%
16.67%
66.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހރގނޑ2023
over 1 year ago
ކިތައް މިލިއަން ޑޮލަރުގެ އާޓިކަލެއް ތޯ؟
އެޅަބެއްޔާ
over 1 year ago
ޢެހެން ޤަވްމު ތަކު ގެ ޕާސްޕޯޓް ހިފެހެއްޓިދާނެ. ޢެކަމު ދިވެހި ޕާސްޕޯޓް އެއް ނުހިފެއްޓޭނެ
އަންނިބޭ7
over 1 year ago
އިންސާފުގެ ދަތުރު ލުލް ލުލް ލުލް
އަހްމަދު
over 1 year ago
ދެން ކީއްވެ ރާއްޖޭގެ ސަރުކާރުން އެކޯޓަށް ސިޓީއެއްފޮނުވީ؟
Comment