Advertisement

ހަންޓޭ ދެން ފެންނާނީ "ޑުއޮޓޯން" ބްރޭންޑާ އެކު

19 ޖުލައި 2023 - 18:58 0

ހަންޓޭ، ޑުއޮޓޯން ބްރޭންޑްގެ އެމްބަސަޑަރަކަށް ހަމަޖައްސަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހަންޓޭ ދެން ފެންނާނީ "ޑުއޮޓޯން" ބްރޭންޑާ އެކު

19 ޖުލައި 2023 - 18:58 0

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ ކައިޓްސާފަރު، ބ. ގޮއިދޫ، ހަސަން މާހިރު (ހަންޓޭ)، ބައިނަލްއަގުވާމީ ކައިޓްސާފިން ބްރޭންޑް، ޑުއޮޓޯންގެ ބްރޭންޑް އެމްބަސަޑަރަކަށް ހަމަޖައްސައިފި އެވެ.

އަކުއާކިއުބް ޕްރައިވެޓް ލިމިޓެޑް އިން ހަންޓޭ، 20، ހަމަޖައްސާފައިމިވަނީ "ޑުއަޓޯން ލޯކަލް ރައިޑާ"އެއްގެ ގޮތުގަ އެވެ. ހަންޓޭ މީގެ ކުރިން މަސައްކަތްކުރީ ސްލިންގްޝޮޓާ އެކު އެވެ.

"އަކުއާކިއުބް ޕްރައިވެޓް ލިމިޓެޑް، ދިވެހި ރާއްޖޭގެ މޫދު ކުޅިވަރުތަކުގައި ކުރިއަރައިދާ ކުދިންނަށް ބޮޑު ޕްލެޓްފޯމެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓާގެޓް. އަޅުގަނޑުމެން މި ހުޅުވާލަނީ އެތުލީޓްސް ސްޕޮންސަޝިޕް ޕްރޮގްރާމެއް. ފުރަތަމަ އަޅުގަނޑުމެންގެ އެމްބަސަޑަރަކަށް، ނޫނީ އެތުލީޓަކަށް މި ހަދަނީ ހަންޓޭ. މިހާރު ދިވެހިރާއްޖޭގައި ހަންޓޭއޭ ބުނީމަ ވަރަށް މަދުމީހަކަށް ނޫނީ އެނގޭނެ،" މިއަދު ބޭއްވި އިވެންޓްގަައި އަކުއާކިއުބްގެ މެނޭޖިން ޑިރެކްޓަރު، އާދަމް ފައިސަލް ބުންޏެވެ.

އަކުއާކިއުބް އިން ދެކޭ ގޮތުގައި ހަންޓޭ މިހާރު ޓާގެޓް ކުރަން ޖެހޭނީ ރާއްޖޭގެ "އަސްދަނޑިން ބޭރު" އަށެވެ. އަކުއާކިއުބުން ރާއްޖޭން ބޭރުގެ ފުރުސަތާ އެކު، ތިން ލައްކައެއްހާ ރުފިޔާގެ އިކުއިޕްމަންޓްސް ހައްޓޭ އަށް ހަމަޖައްސައިދޭނެ އެވެ. އާންމު ގޮތެއްގައި ބަލާއިރު، މޫދު ކުޅިވަރު އިކުއިޕްމަންޓްސް އަކީ އަގުބޮޑު ތަކެއްޗެވެ. އެހެންކަމުން، ކޮންމެ ކޮންމެ ފަރާތަކަށް އެ ހޯދަން ފަސޭހައެއް ނޫނެވެ.

އެކަމަކު، މި ސްޕޮންސަޝިޕާ އެކު ހަންޓޭ އަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އަކުއާކިއުބް އިން ބުނެފައިވެ އެވެ.

މިއަދުގެ އިވެންޓްގެ ތެރެއިން ހަންޓޭ ނޫސްވެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހަންޓޭ ބުނީ އަކުއާކިއުބް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

"ދެން، އަސްލު މިިއީ އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އަސްލު މި ކަހަލަ ސްޕޮންސަޝިޕެއް ލިބުމަކީ، މިއަދު ވަރަށް އުފާވެފައި މި ހުރީ. އުންމީދުކުރަނީ ކުރިއަށް މި އޮތް އަހަރަކީ ސަޅި އަހަރަކަށް ވާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ގިނަ ބްރޭންޑްތަކަކާ އެކު މަސައްކަތް ކުރި ހަންޓޭ ބުންޏެވެ.

"ފާއިތުވި ފަސް އަހަރަކީ އަހަރެން ސްލިންގްޝޮޓްގައި މަސައްކަތްކުރި ފަސް އަހަރު، ދެން، ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ސްލިންގްޝޮޓާ ދުރުވާްން މި ޖެހުނީ. ވަރަށް ދެރަވޭ ސްލިންގްޝޮޓާ ދެކޮޅަށް ދާން ޖެހުނީމަ ވެސް. އެހާ ދުވަހު އުޅެފައި، ދެން، އަކުއާކިއުބް އިން މި އޮފާ ކުރީ މާ ލެވަލް ހައިކޮށް، އިކުއިޕްމަންޓް ވެސް ހިމެނޭ ގޮތަށް މާ ސަޅި އޮފާއެއް،"

ހަންޓޭ އަންނަނީ ބ، ގޮއިދޫ އާއި ރާއްޖޭގެ ގިނަ ކައިޓް ސާފަރުންގެ ތެރެއިން ހޮވާލެވޭ 10 ވަރަކަށް ކައިޓްސާފަރުންނާ އެކު، މި މަހު ސްރީ ލަންކާ އަށް ޓްރެއިނިން ކޭމްޕަކަށް ދާން ތައްޔާރުވަމުންނެވެ. ހަންޓޭ ބުނީ އުންމީދަކީ މިއީ "ވަރަށް ސަޅި" ކޭމްޕަކަށް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އުމުުރުން އެންމެ 12 އަހަރުގައި ކައިޓްސާފިން ދުނިޔޭގައި ފިޔަޖަހަން ފެށި ހަންޓޭ އަންނަނީ ރާއްޖޭގައި އެ ކުޅިވަރު އާލާކުރަން އޭނާ އަށް ކުރެެވެން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޒުވާން ކައިޓްސާފަރުން ޑިވެލޮޕްކުރަން އުފަން ރަށް، ބ. ގޮއިދޫގައި ކުރާ މަސައްކަތެވެ.

އަކުއާކިއުބް އިން ބުނީ މި ވަގުތު ޑުއަޓޯން ބްރޭންޑާ އެކު ސްޕޮންސަޝިޕް ޕްރޮގްރާމް ފެށި ކަމުގައި ވިޔަސް އެހެން ބްރޭންޑްތަކަށް ވެސް ސްޕޮންސަޝިޕް އެގްރީމެންޓްތަކެއްގެ ދަށުން އެތުލީޓުން ހަމަޖައްސާނެ ކަމަށެވެ. އެ ގޮތުން ބޭނުމަކީ ހުނަރުހުރި އެތުލީޓުން މޫދު ކުޅިވަރުގެ ތެރެއިން ޑިވެލޮޕްކުރަން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުން ކަމަށް އަކުއާކިއުބުން ވަނީ ބުނެފަ އެވެ.