18 ޖުލައި 2023 - 13:35 2
ބ.ފުޅަދުއަށް ލެއްގި ގޮތް ނޭނގޭ އެއްޗެއް ހުރި ޕެކެޓްތަކެއް. ފުލުހުން އަންނަނީ އެކަން ބަލަމުން. ފައިލް ފޮޓޯ/އަދަދު
18 ޖުލައި 2023 - 13:35 2
ގޮތް ނޭނގޭ އެއްޗިހިތަކެއް އަޅާފައި ހުރި ޕެކެޓްތަކެއް، ބ.ފުޅަދޫއަށް ލެއްގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެއީ ކޮން އެއްޗެއްތޯ ބަލަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުޅަދޫއަށް އެ ޕެކެޓްތައް ލައްގާފައި ހުއްޓައި ފެނުނު މީހުން އެތަކެތި ފުލުހުންނާ ހަވާލުކުރީ އެއީ މަސްތުވާތަކެތީގެ ބާވަތެއް އަޅާފައި ހުރި ޕެކެޓްތަކަކަށް ވެދާނެ ކަމަށް ބަލައިފަ އެވެ.
އެހެން ނަަމަވެސް, ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ގޮތް ނޭނގޭ އެއްޗިހިތަކެއް ފުޅަދޫ ގޮނޑުދޮށަށް ލައްގާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުޅަދުއަށް ލެއްގި ގޮތް ނޭނގޭ ޕެކެޓްތައް
އެއީ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ އެއްޗެއް ކަން ނުވަތަ ނޫންކަން އޭނާ ވިދާޅެއް ނުވެ އެވެ.
"މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރިކުުރުމުގެ މައްސަލަ އޮތް ތަނަކަށް ވާއިރު، ރާއްޖޭގެ ކަނޑުފަޅުގައި މަސްތުވާތަކެތި ބަހައްޓާފައި ހުއްޓައި ވެސް މީގެ ކުރިން ވަނީ ފެނިފަ އެވެ.
18.18%
9.09%
18.18%
54.55%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ނޫސްވެރިޔާ
over 1 year ago
ޢެހެންނަމަވެސް ކީކޭ؟ އެހެންނަމަވެސް އޭ ބުނުމަށްފަހު ބުނަން އޮންނަނީ ކުރިން ބުނި އެެއްޗަކާ ޚިލާފުވާ އެެއްޗެއް ނޫންތަ؟ ކޮންމެވެސް އެހެންކަމަކާ އުޅެންވީ.
ރައްޔިތުމީހާ
over 1 year ago
ތިވާނީ ގަނޭސްކަހަލަ ކޮންމެވެސް ދުންފަތުގެ ބާވަތަކަށް. އެހެންނޫނަސް މަސްތުވާ ބާވަތުގެ އެއްޗެއްގަ މީހެއްގެ ފޮޓޯ ޖަހާފަ ހުންނާނެހެނެށް ހިއެއްނުވޭދޯ!
Comment