Advertisement

އާސެނަލްގެ މުހިންމު ކުޅުންތެރިއަކަށް ރައިސް ވާނެ: އާޓެޓާ

19 ޖުލައި 2023 - 08:32 0


އާސެނަލްގެ މުހިންމު ކުޅުންތެރިއަކަށް ރައިސް ވާނެ: އާޓެޓާ

19 ޖުލައި 2023 - 08:32 0

ލަންޑަން (ޖުލައި 19) - އާސެނަލާ އަލަށް ގުޅުނު އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައީސް އަކީ އެ ޓީމަށް މުހިންމު ކުލުންތެރިއަކަށްވާނެ ކަމަށާއި ރައީސްގެ ފަރާތުން ޓީމަށް ކުރިއެރުންތައް ލިބޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

ވެސްޓް ހޭމް ދޫކޮށް ރައިސް ،24، އާސެނަލް އަށް ބަދަލުވީ 105 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ.

ރައިސް އާސެނަލްއާާ ގުޅުމުން، އާސެނަލްގެ ކޯޗު އާޓޭޓާ ހުރީ ވަރަށް އުފަލުންނެވެ. އާޓެޓާ ގަބޫލްކުރާ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ރައިސް ހޯދާފައިވާ ތަޖުރިބާއާއެކު، އާސެނަލްގެ މުހިންމު ކުޅުންތެރިޔަކަށް އޭނާ ވާނެއެވެ.

"މި ޓީމަށް ވަރަށް ބޭނުންވާ ކަހަލަ ކުޅުންތެރިއެއް ރައިސް އަކީ. އޭނާގެ ތަޖުރިބާ އަދި ކާމިޔާބު ހޯދަން އޮތް އަޒުމަކީ، މި ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް ލިބޭނެ ހިތްވަރަކަށްވާނެ،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ރައިސް އަކީ ވަރަށް ވަރުގަދަކޮށް ކުޅޭ ކުޅުންތެރިއެއް ކަމަށާއި އެއީ މި ވަގުތު އާސެނަލްގެ ޓީމުން "މަދުވާ އެއް ކަންތައް" ކަމަށެވެ.

މިދިޔަ ސީޒަންގެ ބޮޑު ބައި އާސެނަލް ތާވަލްގެ އެއްވަނައިގައި އޮތް ނަމަވެސް، އެ ޓީމު ސީޒަން ނިންމާލީ ދެވަނައިގައެވެ.

ކުރިއަށް އޮތް ސީޒަންގައި ވެސް ލީގު ތައްޓަށް ވާދަކުރުމުގެ އަޒުމުގައި، އާސެނަލް އިން ވަނީ ޗެލްސީ އަށް ކުޅެމުންދިޔަ ޖަރުމަންގެ ފޯވަޑް ކައި ހަވާޓްޒް އާއި އަޔަކްސްގެ ނެދަލޭންޑްސް ޑިފެންޑަރު ޖޫރިއަން ޓިމްބާވެސް އެ ޓީމަށް ގެނެސްފައެވެ.

އާސެނަލް އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އާ ކުޅުންތެރިން ހޯދުމަށް މިހާތަނަށް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު ހޭދައެއްކޮށްފަ އެވެ.