18 ޖުލައި 2023 - 10:12 0
ފާތިމަތު ސާޔާ އަހުމަދު
ސައުދީ ވަލީ އަހުދު އަދި އުރުދުގާން ކާރުގައި. -- ފޮޓޯ: އެސްޕީއޭ
18 ޖުލައި 2023 - 10:12 0
ރަސްމީ މަޝްވަރާތަކަށް ފަހު ކާރުގައި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންގެ ގެކޮޅަށް ގެންގޮސްދެއްވީ ސައުދީ ވަަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސައުދީ އަރަބިއްޔާއަށް އުރުދުގާން ކުރައްވަމުން ގެންދާ ދަތުރުގައި ދެ ލީޑަރުންގެ މެދުގައި ރަސްމީ މަޝްވަރާތައް އޮތީ ހޯމަ ދުވަހު ޖިއްދާގެ އަލް ސަލާމް ގަނޑުވަރުގަ އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން އާއްމުކުރި ވީޑިއޯއިން ފެންނަނީ ދެ ލީޑަރުން ގަނޑުވަރުން ނިކުމެވަޑައިގެން ކާރުގައި އެކުގައި ދަތުރު ކުރައްވާ މަންޒަރެވެ.
ކާރު ދުއްވަން އިންނެވީ ސައުދީ ވަލީ އަހުދެވެ. އަދި ޕަސެންޖަރު ސީޓުގައި އިންނެވީ އުރުދުގާން އެވެ.
އެސްޕީއޭއިން ބުނީ ތުރުކީގައި އުފައްދާފައި ދެ އިލެކްޓްރިކް ކާރު ހަދިޔާގެ ގޮތުގައި ސައުދީ ވަލީ އަހުދާއި ރަސްގެފާން ސަލްމާނަށް އެރުވި ކަމަށެވެ.
މެދުއިރުމައްޗަށް ފެއްޓެވި ދަތުރުގެ ތެރެއިން ސައުދީއަށް ފަހު ދެން އުރުދުގާން ވަޑައިގަންނަވާނީ ގަތަރާއި ޔޫއޭއީއަށެވެ.
ސައުދީ އާއި ތުރުކީގެ މަޝްވަރާގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރި އެވެ.
Comment