ރިޔާސީ ޓިކެޓާއި ޕާޓީގެ އެތެރޭގެ ކޯޅުން: ޔާމީން ބަލިކޮށް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދިދާނެތަ؟

17 ޖުލައި 2023 - 06:35 49

ހަސަން މުހައްމަދު

ހ

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ރިޔާސީ ޓިކެޓާއި ޕާޓީގެ އެތެރޭގެ ކޯޅުން: ޔާމީން ބަލިކޮށް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދިދާނެތަ؟

17 ޖުލައި 2023 - 06:35 49

ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިކުމެވަޑައިގެން، "އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް [އަބްދުﷲ] ޔާމީން" ކަމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާދީއްތަ ދުވަހު ވިދާޅުވިއިރު، އޭނާގެ ވައަތުން ފަހަތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައި، އެ ވިދާޅުވި ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޮލުގެ އިޝާރާތެއް ދެއްވި އެވެ.

ބޭރުފުށަށް ފެންނަ ފެނުމުގައި، މުޅި ޕީޕީއެމް އޮތީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ ފަހަތްޕުޅުގަ އެވެ. ޕީޕީއެމްގެ ވެރިން އަބަދުވެސް ބުނަމުން ދިޔައީ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެއްވޭނެ ކަމަށެވެ.

އެކަމަކު، ފަރުދާގެ ފުރަގަހުގައި މީހުން އެއްކޮށް، ކެމްޕެއިނަށް ތައްޔާރުވެ، ރޭވުންތައް ރާވައި، ޔާމީންގެ އަތުން ރިޔާސީ ޓިކެޓު އަތުލުމުގެ ވަރުގަދަ، ސީރިއަސް މަސައްކަތްތަކެއް އެ ޕާޓީގެ ބައެއް ލީޑަރުން ދަނީ ހިންގަމުންނެވެ.

އެތައް ދުވަހެއް ވަންދެން އަޑު ފެތުރުނު ގޮތަށް، ޔާމީން އަތުން ރިޔާސީ ޓިކެޓު ހޯދުމަށް ކެމްޕެއިން ކުރައްވަމުންދަނީ މޭޔަރު މުހައްމަދު މުއިއްޒެވެ. އޭނާއާ ވާދަ ކުރައްވާ ބޭފުޅުން ކަމަށް މިހާރު އެންމެ ގަދަޔަށް އަޑު ފެތުރެނީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމްގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންތައްގަނޑު އެ ޕާޓީގެ ސެނެޓުގެ ދެ ނައިބު ރައީސުން ހިމެނޭ ގޮތަށް އެ ސެނެޓުގެ ފަސް ބޭފުޅަކު، ދަނޑިވަޅުގެ ހައްސާސްކަމުން ނޫހުގައި ނަން ނުޖެހުމަށް އެދި "އަދަދު" އާ ހިއްސާކުރި އެވެ. އެ މަސްދަރުތަކުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މި ލިޔުމުގައި މި ބަލައިލަނީ ރިޔާސީ ޓިކެޓު ހޯދުމަށް ޕީޕީއެމްގެ އެތެރޭގައި މިވަގުތު ކުރަމުންދާ ސިޔާސީ މަސައްކަތަށެވެ.

ޔާމީން ގޮތުގައި ހިފެހެއްޓެވުން

ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ލިބޭ 14 ދުވަހުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ އެވެ. އެކަމަކު، މިވަގުތު ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ، އެ ހާލަތު ބަދަލުވެގެން މެނުވީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން ޔަގީނެވެ.

އެކަމަކު، ޕީޕީއެމްގެ އެހެން ކެންޑިޑޭޓަކު އާންމުންނަށް ދައްކަން ރައީސް ޔާމީން ބޭނުންފުޅެއްނުވެ އެވެ. ޑިސެމްބަރު 25، 2022 ގައި އެމަނިކުފާނުގެ މައްޗަށް ސާބިތުވި ރިޝްވަތު ނެގުމާއި ކަޅު ފައިސާ ލޯންޑާ ކުރުމުގެ ކުށުގެ އަދަބު ތަންފީޒު ކުރައްވަން މާފުށި ޖަލަށް އެމަނިކުފާނު ވަޑައިގެންނެވީ، އެހެން ޕާޓީތަކާ މަޝްވަރާ ކުރުން ވެސް މަނާ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނާއެކު އެއްވެސް މަޝްވަރާއެއް ކުރެވޭނީ ރައީސް ޔާމީނާއެކު. ސިޔާސީ އެއްވެސް ލީޑަރަކަށް ވެސް ސިޔާސީ އެއްވެސް ޕާޓީއަކަށްވެސް ޕީޕީއެމް/ޕީއެންސީ އާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ދެވަނަ ފަރާތަކާ ނުދެއްކޭނެ. ރައީސް ޔާމީން މޭޒު ކައިރީގައި ބައިންދަވައިގެން އެމަނިކުފާނާ ނޫނީ ނުކެރޭނެ ދައްކާކަށް،" ޑިސެމްބަރު، 2022، ގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ވާހަކަތައް ރަސްމީކޮށް އެގޮތަށް ހުރި ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަން އެ ޕާޓީގެ މަތީ ފަޑީގެ ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރެ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ބަލަނީ ޔާމީން ނިންމަވާ ގޮތަކަށެވެ. އެހެން ބޭފުޅުން ބަލަނީ ޔާމީންއާ ނުލައި ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ މަގެއް ހޯދުމަށެވެ.

"ކޮންމެވެސް ގޮތެއް ނިންމަވާފައި އަންގަވަންވީ ނޫންތޯ؟ ކޮންމެ ބޭފުޅަކު ދެއްކިޔަސް އަޅުގަނޑުމެން މި ތިބީ ފަހަތުގައި ތިބޭ ގޮތަށް. އެކަމަކު ކެންޑިޑޭޓަކު އެނގުނީމަތާ މަސައްކަތް ވެސް ކުރެވޭނީ،" ޕީޕީއެމްގެ ލީޑަރަކު ވިދާޅުވި އެވެ.

ޣައްސާން މައުމޫން މަންޒަރަށް ވަންނަނީ ކީއްވެ؟

މައުލޫމާތު ލިބޭ ގޮތުގައި ޣައްސާން މިވަގުތު ހުންނެވީ ޕީޕީއެމްގެ މައްސަލަތަކާ ދުރަށް ވަޑައިގަތުމަށް ގަސްތު ކުރައްވައިގެނެވެ. ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވީ ޣައްސާން މިވަގުތު ހުންނެވީ ސިންގަޕޫރުގައި ކަމަށާއި އެ ގައުމަށް ވަޑައިގަތީ ޔާމީން އަންގަވައިގެން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް މުއިއްޒު ރާވަމުން ގެންދަވާއިރު އޭނާގެ ޓީމު ގަބޫލު ކުރަނީ ވާދަވެރިޔަކީ ޣައްސާން ކަމަށެވެ. މުއިއްޒުގެ ޓީމަށް ލަފާ ކުރެވެނީ ޔާމީނަށް ކުރިމަތިނުލެވޭނެ ގޮތަށް ނިންމުމުން އެމަނިކުފާނުގެ ފުރަތަމަ ޗޮއިސްއަކަށްވާނީ ޣައްސާން ކަމަށެވެ. އެގޮތަށް ގަބޫލު ކުރެއްވޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އެއް ކަމަކީ ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޣައްސާން މާފުށީ ޖަލަށް ވަޑައިގެން ޔާމީންއާ ބައްދަލު ކުރެއްވުމެވެ. އަނެއް ސަބަބަކީ ރިޔާސީ ކެމްޕެއިނަކަށް ޣައްސާން ތައްޔާރުވާ ކަމަށް މުއިއްޒުގެ ޓީމަށް ގަބޫލު ކުރެވުމެވެ.

"ޣައްސާން ވަރަށް ބޮޑަށް ތައްޔާރުވޭ އެބަ. އޭނަ ހުރީ ވަރަށް ބޮޑަށް އުއްމީދުކޮށްގެން،" މުއިއްޒުގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

އޭގެ އިތުރުން ރިޔާސީ ރޭހަށް ޣައްސާން ވަދެވަޑައިގަންނަވާނެކަމުގެ އަޑު ގަދަވަނީ ހަމަ އެފަދަ އަޑުތައް ނިސްބަތްވި އެހެން ބޭފުޅުންނާމެދު ދެކެވޭ ވާހަކަތައް މިވަގުތަށް ނަމަވެސް މަދުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އޭގެ ތެރެއިން ބައެއް ބޭފުޅުންނެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންނާ ވާހަކަ ދައްކާލުމުން އެނގޭ އެއްޗަކީ އެއިން ކޮންމެ ބޭފުޅަކާ މެދު ވެސް ޕާޓީގެ ތެރޭގައި ކޮންމެވެސް ކަހަލަ ޝައްކުތަކެއް ހުރުމެވެ.

މުއިއްޒުގެ ބޮޑު ރޭވުމަކީ މިއީ

ޕީޕީއެމްގެ މުހިންމު ހުރިހާ ނިންމުމެއް ނިންމުމުގެ ބާރު އޮންނަނީ ޕާޓީގެ ސެނެޓަށެވެ. ޕާޓީގެ ސެނެޓުގައި ޕީއެންސީގެ މެމްބަރުންނާއެކު ޖުމްލަ 130 މެމްބަރުން ތިބެ އެވެ. މުއިއްޒުގެ ޓީމުން ބުނަނީ، ވަގުތާއި ހާލަތު އައިސް ޖެހުމުން އެ ސެނެޓުގެ 79 މެމްބަރުންގެ އަގުލަބިއްޔަތުން މުއިއްޒަށް ރިޔާސީ ޓިކެޓު ދިނުމަށް ފާސް ކުރާނެ ކަމަށެވެ.

"އެއްވެސް މައްސަލައެއް ނޫން އެއީ. ސެނެޓުގެ 79 މެމްބަރުން ތިބީ އަހަރުމެންނާއެކީ. މުއިއްޒަށް ވޯޓު ދޭނެ އެމީހުން،" ކުރިން ވާހަކަ ދެއްކި މުއިއްޒު ޓީމުގެ މީހާ ބުންޏެވެ.

އެ ވިދާޅުވީ 79 މެމްބަރުންގެ ތާއީދު މުއިއްޒަށް ލިބޭ ނަމަ އެއީ ސެނެޓުގެ 60 ޕަސެންޓެވެ.

ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓު އާންމު އުސޫލެއްގެ ގޮތުން ލިބޭނީ ޕްރައިމަރީއަކުންނެވެ. ނަމަވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ނަމަ އެބޭފުޅަކަށް ޓިކެޓު ދޭން ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ނިންމިދާނެ އެވެ. އޯގަސްޓް، 2022، ގައި ރައީސް ޔާމީނަށް ޕީޕީއެމުން ރިޔާސީ ޓިކެޓު އެރުވީއެ ގޮތަށެވެ.

އެ ނޫން ގޮތަކަށް ރިޔާސީ ޓިކެޓު ދެވޭނެ މަގެއް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައެއް ނޯވެ އެވެ. އެކަމަކު މުއިއްޒުގެ ޓީމަކަށް އެއީ މައްސަލައެއް ނޫނެވެ. ސެނެޓު މެދުވެރިކޮށް އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނަމަވެސް މޭޔަރަށް ޓިކެޓު ހޯދަން އޭނާގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ކެންޑިޑޭޓަކު ނުނެރެ ތިބުމަކީ ޕީޕީއެމުން ކޮށްގެން ވާނެ ކަމެއް ނޫން. މިއީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލުމުގެ ކުރިން އެކަމުގައި ގޮތެއް ނިންމަން ޖެހޭނެ. އެކަމަށް ބާރު އަޅާނަން،" ޕީޕީއެމް ސެނެޓުގައި ހިމެނޭ ނައިބު ރައީސަކު ވިދާޅުވި އެވެ.

މުއިއްޒުގެ ރޭވުމުގެ އަޑުތައް ޖަލުގައި ހުންނެވި ޔާމީނަށް ވެސް ވަނީ އިވިވަޑައިގެންފަ އެވެ. އަދި އެއާއެކު އެ މަސައްކަތަށް ހުރަސް އަޅުއްވަން ޔާމީން މަސައްކަތް ފައްޓަވާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް އިސް މީހުން ބުނެ އެވެ. މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތަކުގެ ކޯރަމް ގެއްލުވާލުމަކީ ވެސް އެއާ ގުޅޭ "ސިޔާސީ މަސައްކަތެއް" ކަމަށްވެ އެވެ. އޭގެކުރިން ވަނީ މުއިއްޒުގެ އެންމެ އަރިސް އެކަކު ކަމުގައިވާ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު ޕާޓީން "ބޭރުކޮށްފަ" އެވެ.

"އެ ގޮތަށް މަސައްކަތް ކުރާތީ ފިއްތުންތައް ކުރިމަތިކުރޭ. އެކަމަކު ޕާޓީން ކެންޑިޑޭޓަކު ނުނެރެ ދޫކުރާ ގޮތަކަށް ނޫން މި ހުރީ. ޕާޓީއަށް ރަނގަޅީ އެގޮތެއް ނޫން. އެއީ ރައީސް ޔާމީނަށް އެންމެ ރަނގަޅު ގޮތް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ މިޝަން ކާމިޔާބު ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ޝައްކު އުފައްދަ އެވެ.

"ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ ހުޅުވާލަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު [މުއިއްޒު] ތިޔަ ކުރައްވަން އުޅުއްވާ ކަމެއް ކާމިޔާބު ވާނަމަ އޮންނާނީ ވެފައި. ޕާޓީގެ ޓިކެޓު ދޭނީ ޔާމީން ބޭނުންފުޅުވާ ބޭފުޅަކަށް. ޕާޓީގެ ޓިކެޓު އޮތީ ޔާމީންގެ އަތްޕުޅުގައި އަގުލަބިއްޔަތުން ދީފަ. އެއީ ޔާމީންގެ ހައްގެއް. ޔާމީން ބޭނުންފުޅު ބޭފުޅަކަށް ދެވޭނެ،" ޔާމީނަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ، އަދި އެ މަނިކުފާނުގެ ވަރަށް އަރިސް މީހަކު މި ނޫހަށް ކިޔައި ދިނެވެ.

ކެންޑިޑޭޓަކު ނެރުމަށް ޔާމީނަށް ފިއްތުން ކުރިމަތި ކުރުމުގެ މަސައްކަތްތައް ވެސް މުއިއްޒުގެ ޓީމު ފަހަތުގައި އޮވެ ފެށި އެވެ. ނަމަވެސް ސަލަފު ޖަމިއްޔާއިން ބަޔާނެއް ނެރުން ފިޔަވައި އެހެން ފަރާތަކުން ބަޔާނެއް ވެސް ނުނެރުނެވެ. އެކަން މުއިއްޒުގެ ޓީމުން މަޑުޖައްސާލީ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ އެދިވަޑައިގަތުމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ އެ ޕާޓީއަށް ސަޕޯޓު ކުރާ އެތައް ބަޔަކު އެދޭނެ ކަމެކެވެ. އެ ކެންޑިޑޭޓަކީ ޔާމީން ނޫންކަން ޔަގީނެވެ. ޔާމީންގެ މަގާމު ހޯއްދަވަން ޕާޓީގެ އެތެރެއިން ލީޑަރުންތަކެއް އެ ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ އާދީއްތަ ދުވަހުގެ ކުރިން ޕާޓީގެ ކެންޑިޑޭޓަކު ދައްކަން އެ ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހަކަށް ވާނީ އެތެރޭގެ ކޯޅުންގަނޑުން ކުރި ލިބޭ މީހާ އެވެ. ނަމަވެސް އެވަރުގެ ބޮޑު ހެލުމެއް އަދި ނުފެނެ އެވެ.

40.00%

0.00%

0.00%

60.00%

މި ލިޔުން ކިޔާލުމުން


އަލަމްގިރި

over 1 year ago

ވިކާޝްބާއީ އަކަށް ނުލިބޭނެ ދެއްތޯ

ސަނީހު

over 1 year ago

ޕީޕީއެމް އިން އެންމެ ގާބިލު މީހަކީ ޔާމީން އާ މުއިޒް އެހެންވީމަ ޔާމީން އަށް ނުލެވޭންޔާ މުއިޒް ކުރިމަތިލުން ބުއްދިވެރިވާނީ

ބާސިތު

over 1 year ago

ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގަ އެންމެ ރަގަނޅު ޗޮއިސް އަކީ މުއިޒް ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް

ޢަނިލް

over 1 year ago

މީ ހަމަ ޕީޕީއެމް ތެރެއިން ބަޔަކު ހަސަދަވެރިވަނީ މޭޔަރާ ދޭތެރޭ

ހަމީދު

over 1 year ago

މުއިޒް ނޫޅޭ ތިކަން ތިހެން ކުރަން . ތިއީ ޝަވީދު އަބުރާ ގޭސް

ތިބިޔާން

over 1 year ago

ސިޔާސީ ގޮތުން ހިޔާލް ތަފާތު ވިޔަސް ގަބޫލްކުރަން ޖެހޭ މުއިއްޒު އަކީ ޔާމީން ނަގާފަ އިބޫ އަށް އޮތް އެއްމެ ބޮޑު ޗެލެންޖްކަން

ރިޝްފާން

over 1 year ago

މުއިޒް އާ ޔާމީން ޖައްސަން އުޅެނީ އެމްސައީދު ޝަވީދު އަދި ޖަމީލް. ނި ކޮމެންޓް ލިޔަދެތި

ޝިފާން

over 1 year ago

ތިޔަކު ނެތް މައްސަލައެއް . ޔާމީންއަށް ނުލެވެންޔާ ހަމަ ހޯދަންވީ.

ހަސަން ނިމާލް

over 1 year ago

ތިޔަ ޕާޓީގަ އެއްމެން އުޅޭ ޓިކެޓް ހޯދަން. ވަކި މީހެއް ނޫން. ލީޑަރޝިޕް މުޅިންވެސް ތިބީ އެމީހުން. ނުވިތާކަށް ލޯޔަރުންނަށްވެސް. މުއިޒް ގެ އަޑުގަދައީ އޭނަ ޕޮޕިއުލާ ވީމަ.

ސޮބާހް އަހްމަދު

over 1 year ago

ޕީޕީއެމްއިން ނެރޭ ކެނޑިޑޭޓެއް ވާން ޖެހޭނީ ވިން ވާވަރުގެ މީހަކަށް. ފެންނަ ފެނުމަށް އެމީހަކީ މުއިޒް. ދެން ނެތް ކެލިބާ ހުރި މީހެއް

ފަރުހާދު

over 1 year ago

ރައީސް ޔާމީންނަށް ގެއްލުން ވާ ގޮތަކަށް މުއިޒް ކަންތަކެއް ނުކުރާނެ އެއީ ހަމަ ޔަގީން ކަމެއް

މައުސޫމް

over 1 year ago

މިކަހަލަ ހަޑި ކަންކަން ނުކުރޭ މުއިޒް އޭ ކިޔައިގެން މީ ވަރަށް ކަޑަ ކަމެއް

ފަތުހުﷲ

over 1 year ago

2023 ޕީޕީއެމްއަށް ގެއްލިއްޖެ ނަމަ ޕާޓީ ވިއްސިވިހާލެވޭނެ. އެހެން ކަމުން މުއިޒް ނެރެގެން ކެމްޕެއިން ކުރޭ. ހޮވޭނެ އޭނަ. ޔާމީން އަށް ނުލެވެންޔާ ވިޗް އިޒް އޯލްމޯސްޓް ޝުއާ

ނިޝާން ހަސަން

over 1 year ago

ޕީޕީއެމްގެ މީހުން ގަބޫލް ކުރޭ ޔާމީންއަށް ނުލެވޭ ހާލަތުގަ އެއްމެ ރަނގަޅުވާނީ މުޢިއްޒް ކަން. ހުދު ޔާމީން އަބްދުލް ގައްޔޫމް ވެސް ކުރޭ. ވަކި ބަޔަކު މުއިއްްޒް އަށް މި ނުދޭން މިއުޅެނީ.

ސިދުހާން

over 1 year ago

އަޅުގަނޑަށް ނުފެނޭ މުއިޒް ރައީސް ޔާމީން ބަލިކުރުން އުޅޭތަން. ރައީސް ޔާމީން އަށް ނުލެވޭ ހާލަތުގަ ޓިކެޓް ހޯދަން އުޅުމަކީ މައްސަލައެއް ނޫން. ނުވިތާކަށް އެހާލަތުގައި އެއްމެ ރަނގަޅު ޗޮއިސްއަކީ މުއިއްޒް

ވާދޫ ދާންނަ ޢަލި ދީދީ

over 1 year ago

ސަލަފު ޖަމްޢިއްޔާގެ އިސްކޮން ތިއްބެވީ މަރުޙޫމް މުޙައްމަދު އިބްރާހީމް އަލް މަދަނީ ގެ ބޭފުޅުން. ޑރ. މުޢިއްޒު ކައިވެނި ބައްލަވަިގެން އުޅުއްވަނީވެސް ސަލަފުގެ ލީޑަރ ޝިޕުގައި ތިއްބެވި ބޭފުޅުންނާއި އެއްބަފާ ބޭފުޅަކާ. އެހެންކަމުން މުޢިއްޒުގެ ދިފާޢުގައި ފަތުވާ ފޮތެއް ނެރުމީވެސް ވެދާނެކަންކަން.

ރިފްއަތް ޖިހާދު

over 1 year ago

ހަގީގަތަކީ ތިމާމެންނަށް ވުރެ މުއިއްޒް ގެ ތާއިދު ޕާޓީގަވެސް ބޮޑުވެ ޓިކެޓް ތިމާމެންނަށް ނުލިބޭނެހެން ވަކި ފެކްޝަނަކަށް ހީވުން. އެހެންވެ މޭޔަރގެ އަބުރު މިކަތިލަނީ. ނަމަވެސް ރައީސް ޔާމީން މިމީހުން ދައްކާ ވާހަކަ ގަބޫލު ނުކުރާނެ

އަފާފް

over 1 year ago

ޕީޕީއެމްގެ ޓިކެޓް ހޯދަން ޖަމީލް އިސްވެހުރެ ޅިޔަނު ޝަވީދު ލައްވާ މިކުރަނީ ވަރަށް ގޯސް ކަމެއް. ޓިކެޓް ހޯދަން އަމިއްލަ އަށް އުޅެ އެހެން މީހުންގެ ނަން ބޭނުންކޮށްގެން ތިކުރާ މަސައްކަތް ހުއްޓާލާ

އަހްމަދު މޫސާ

over 1 year ago

ރައީސް ޔާމީން ފޮނުވި ނޯޓޭ ކިޔައިގެން ފިތުނަ އުފައްދާ ގުރޫޕުން ހިންގާ ކަމެއް މިއީ. މޭޔަރ އާ ބެހޭ ކަމެއް ނޫން.

ނުނެއިދު

over 1 year ago

ޕާޓީ ހަލާކު ކުރަން ޝަވީދު ހަރަދުކޮށްގެން އައިފާންމެން ގުރުބާން ކޮށްގެން ތިކުރާ މަސައްކަތް ހުއްޓާލާ.

ސާމް

over 1 year ago

ޕީޕީއެމްގެ ތެރޭގައި ހުރި ހަމަ އެކަނި ވިނިންގް ފޯމިއުލާ އަކީ ރައީސް ޔާމީން ފިޔަވައި މުއިއްޒް. ދެން ޓިކެޓް ހޯދަން އުޅޭ ޖަމީލް ސާއިދުއަށް މިކަން ނުވާނެ

ނަސީރު

over 1 year ago

މި ހަބަރު ކިޔާލުމުން މިއެނގުނީ ޕީޕީއެމްގެ އެތެރޭ ފިޑާލަން ބަޔަކު ލިޔުނު ހަބަރެއްކަން މިއީ. މޭޔަރ ނޫޅޭ ކަމެއް މޭޔަރ އޭ ކިޔައިގެން މިއުޅެނީ.

ހަންނާން

over 1 year ago

ހެހެ. މުއިއްޒް ނޫނީ ދެން އިތުރު ޗޮއިސް އެއް އެބަހުރި ޕީޕީއެމްގަ؟ އިތުރު 5 އަހަރު ނަގުމަތިވާކަށް ގައިމު ޕީޕީއެމްގެ މީހުން ބޭނުން ނުވާނެ

ތޮލްހަތު

over 1 year ago

މުއިއްޒްގެ އަގުވައްޓަން ޖަމީލް ގެންނަން ސައުދީއާ ޝަވީދު ކުޅޭ ގޭމެެއް

ސޫދާ

over 1 year ago

ޔާމީންގެ ނަމެއް ނޯންނާނެ. މުއިއްޒް ނެރެގެން އަވަހަށް ކެމްޕެއިން ފަށަންވީ. މިހާރުވެސް މާ ލަސްވެއްޖެ

އަހްމަދު ހަސަން

over 1 year ago

ކީއްވެ ޕީޕީއެމްގެ ތެރެއިން ފަންްޑްކޮށްގެން މުއިޒް ގެ އަބުރު މިކަތިލަނީ؟ މިގަ ހުރީ ހުސް ބުހުތާން ހަބަރު. މަށަކީވެސް ސެނެޓް މީހެއް.

ތޫބާ

over 1 year ago

ޕީޕީއެމް ހޮވޭނެ މީހަކަށް ހުރީ ޔާމީން އަދި މުއިޒް. އިތުރު ބަޔަކު ލައިގެން ނޮހޮވޭނެ. މިއީ ވަރަށް ސާފް ކަމެއް

އަހްމަދު އާޒިފް

over 1 year ago

ރައީސް ޔާމީން ބޮލެއް ހުރިއްޔާ މުއިއްޒް ނޫން މީހަކަށް ޓިކެޓް ނުދޭނެ. މިއީ ދެން ރޮކެޓު ސައިންސްއެއް ނޫނެއްނު؟

މޫސާ ރިފްއަތު

over 1 year ago

ޕީޕީއެމް ތެރެއިން ފަންްޑްކޮށްފަ އޮތް އާރޓކަލްއެއް. 100% ޔަގީން

ޝާން

over 1 year ago

އަޅުގަނޑު ދަންނަން މުއިއްޒް ވެސް ސައީދު ވެސް. މުއިއްޒް ދުވަހަކުވެސް ނުބުނޭ ޓިކެޓް ހޯދާވާހަކަ. އަބަދުވެސް ބުނަނީ ފަހުވަގުތުވެސް ރޔ އޭ ވާދަ ކުރާނީ. އެކަމަކު ސައީދު އަޅުގަނޑު ކައިރީ ބުނި ރޔ އަށް ކުރިމަތި ނުލެވޭނެޔޭ އެހެން މީހަކު ނެރެންް ވެއްޖެޔޭ

މުފްލިހް

over 1 year ago

ހަގީގަތް ގަބޫލުކުރާ ކޮނެމެ މީހަކު ގަބޫލްކުރާނެ ޔާމީން ނަގާފަ އިބޫ ދެން އެއްމެ ޖެހިލުންވާނެ މީހަކަށް ހުރީ މުއިއްޒް ކަން. އޭގެން ބޮޅެއް މިއީ

ނޫރުއްސަލާމް

over 1 year ago

މުއިއްޒް އޭ ކިޔައިގެން ރައީސް ޔާމީން އާ ޖައްސުވަން މިއުޅެނީ ރައީސް ޔާމީން މުއިއްޒް އައް ޓިކެޓް ދީފަނެހެން ހީވާ ގްރޫޕް. އަސްލެއް ނެތް

އަފްސަލް

over 1 year ago

ރައީސް ޔާމީން އަށް ގެއްލުންވާ ގޮތަށް ހުރިހާ ކަމެއް ކުރަނީ ސައީދު އާ ޖަމީލް އިސްވެހުރެ. ފަންޑް ކުރަނީ ޝަވީދު. މިއީ ވަރަށް ވާހަކަ

ޝަފާ

over 1 year ago

އަޅުގަނޑަށް ވަރަށް ކަމުދާ ޗޮއިސްއެއް މުއިޒް އަކީ ރައީސް ޔާމީން އަށް ނުލެވޭ ހާލަތުގަ.

ޝުއައިބު

over 1 year ago

ޝަވީދްމެން ޖަމީލްމެން ސައީދު މެން ހާދަ ޖެހިލުމެއް މިވަނީ މޭޔަރ ދެކެ. ގައިމުވެސް މުއިއްޒް ނޫނީ ނެތް ޔާމީން ނަގާފަ ތާއިދެއް އޮތް މީހެއް. އިތުރު މީހަކު ނުވެސް ހޮވޭނެ

ނައުޝާދް

over 1 year ago

އަސްލު ވަރަށް ބޮޑަށް އޮޅިފަ މިއޮތީ. ރައީސް ޔާމީން ވަރަށް އިތުބާރުކުރޭ ޑރ މުއިއްޒު އަށް. ޝިޔާމް މެން އާދަމް ރަމީޒް ކަނޑާލީ ފޭކް ނޯޓެއްގަ. ހެހެ. ބަޔަކަށް ނޭނގުނަސް

އީސަ

over 1 year ago

މި އާރޓިކަލްގަ ރައީސް ޔާމީނާ ބެހިފަ މުޢިއްޒުއާ ބެހުނީމަ ދޭހަވަނީ މީ ސީދާ ޕީޕީއެމް ތެރެއިން ވަކި ބަޔަކު އަމިއްލަ އެޖެންޑާއެއް ހާސިލް ކުރަން ކުރިކަމެއްހެން. ވަރަށް ދަށު ދަރަޖައިގެ އަމަލެއް.

ޖިހާދް

over 1 year ago

ޔާމީން ނެތް ހާލަތުގައު ޕީޕީއެމްއަށް އިންތިޚާބް ކާމިޔާބު ކުރެވޭނީ މުއިއްޒް ނެރެގެން. ޝައްކެއްނެތް

ޖަމީލް

over 1 year ago

މަށަށް ވައްތަރީ ޖަމީލްއަށް ޓިކެޓް ދޭން ވަކި ބަޔަކު ވީޕީ މުއިއްޒް ގެ އަގުވައްޓާލަން އުޅޭ މަންޒަރު. އެކަމެއް ނުވާނެ

ސަމީހް

over 1 year ago

މިއީ ޝަވީދު ސްޕޮންސާ ކޮށްގެން މުއިއްޒް ގެ އަގުވައްޓާލަން ނެރެފަ އިން އާރޓކަލްއެއް ދޯ؟

ދިހާމް ހަސަން

over 1 year ago

ތިއީ ވަރަށް ބޮޑު އޮޅުމެއް.ޕާޓީޢަށް ހެޔޮ އެދިގެން ކަމެއް ކުރަނީ މޭޔަރ މުއީޒް. ނޫޅޭ ޓިކެޓް ހޯދަން

ނޫހް

over 1 year ago

މުއިއްޒް ނޫޅޭ ޕީޕީއެމްއަށް ރައީސް ޔާމީން އަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރާކަށް. މުއިއްޒް ހުންނާނީ އަދި ކުރާނީ ރައީސް ޔާމީން އަށް ފައިދާވާ ކަންކަން

ނަޝީދު

over 1 year ago

މުއިއްޒް އަކީ ރައީސް ޔާމީންގެ ލޯޔަލް މީހެއް. ޔަގީން ކަމެއް.

ކުލުނު

over 1 year ago

ޣައްސާނަކީ އަހަރެންނަށް އޮޕްޝަނެއްނޫން... އަމިއްލަ ބައްޕަޔާމެދު އިހާނެތިކޮށް ކަންތައް ކުރި މީހަކަށް ބުނެވޭނީ ބޮޑު ތަނުން ނޫނެކޭ...

މޫސަ

over 1 year ago

ރައީސް ޔާމީން އަށް ގެއްލުންހުރި އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނަން.

ޚައްދަ

over 1 year ago

މުޢިއްޒުއަކީ ރައީސް ޔާމީނަށް ވަފާތެރި މީހެއް ނޫން. ވެރިކަން ލިބިއްޖެނަމަ، ރައީސް ޔާމީން ޖަލުން މިނިވަންކުރުމަކީ ދުރުކަމެއް. ޕީޕީއެމް މެންބަރުން އެކަމަށް ސަމާލުވާތި! ފަހަރަކު ޕާޓީއަކުން ފުންމަމުން ޕީޕީއެމަށް ވަނީ ޓިކެޓުގެ ދަހިވެތިކަމުގަ. މޭޔަރުކަން ލިބުނީ އެމްޑީޕީ މީހެއް އެމަގާމަށް މާލޭ ރައްޔިތުން ނުހޮވަންވެގެންކަން އޭނާ ހަނދާނުގައެއް ނެތް. މޭޔަރުކަން ލިބުނަސް އަދި އެއީ ރައީސްކަން ކުރަން ކުފޫ ހަމަވީއެއް ނޫން!

އަލީ

over 1 year ago

މުއީޒް އަކީ އިބުރާހިމް ގެ ޕަޕެޓެއް.

އެނގޭ މީހަކު

over 1 year ago

ސަލަފު ޖަމިއްޔާއިން ނެރުނު ކޮން ބަޔާނެއްގެ ވާހަކަ ބާ މީގަ މިއޮތީ؟ އެނގޭ މީހަކު ބުނެލަދިނުން އެދެން!

ނޭންގޭ މީހަކު

over 1 year ago

ބިން ޖަނާބަކީ ސަލަފް، ސަލަފަކީ ބިންޖަނާބް،