Advertisement

ކޮޅުފުށީގައި ދެ އަހަރު ނުފުރޭ ކުއްޖަކު ގެނބިގެން މަރުވެއްޖެ

16 ޖުލައި 2023 - 12:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މ. ކޮޅުފުށި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ކޮޅުފުށީގައި ދެ އަހަރު ނުފުރޭ ކުއްޖަކު ގެނބިގެން މަރުވެއްޖެ

16 ޖުލައި 2023 - 12:34 0

މ. ކޮޅުފުށީގައި ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

'އަދަދު' އަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލުގެ މެމްބަރު ޝަބާނާ އަބްދުއްސައްތާރު ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި, ގެނބިގެން މަރުވެފައިވަނީ އުމުރުން 2 އަހަރު ނުފުރޭ ފިރިހެން ކުއްޖެއްކަމަށް ޝަބާނާ ވިދާޅުވި އެވެ.

މި ހާދިސާ ހިނގި ގޮތުގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

ފުލުހުން ބުނީ އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކު މ. ކޮޅުފުށީ ސިއްހީމަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ މައްސަލައެއް މިއަދު 11:38 އެހާކަށް ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ކުއްޖާ އަކީ ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަނިކޮށް މޫދުން ފެނިގެން، ސިއްހީމަރުކަޒަށް ގެންދިޔަ ކުއްޖެކެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.