Advertisement

މީޑިއާނެޓް ކްލަބް މޯލްޑިވްސްގެ މެއިން ސްޕޮންސަރަކަށް މެޑްޓެކް

15 ޖުލައި 2023 - 15:36 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


މީޑިއާނެޓް ކްލަބް މޯލްޑިވްސްގެ މެއިން ސްޕޮންސަރަކަށް މެޑްޓެކް

15 ޖުލައި 2023 - 15:36 0

މީޑިއާނެޓު ކްލަބް މޯލްޑިވްސް ކަޕް ކަވަރޭޖުގެ މެއިން ސްޕޮންސަރަކަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފި އެވެ.

މީޑިއާނެޓު ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި، މީޑިއާ ނެޓް ހިންގާ އައިސް ނެޓްވޯކްގެ ފަރާތުން ސްޕޮންސާ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އައިސް ޓީވީގެ ސްޓޭޝަން އިންޗާޖް މުހައްމަދު އަހުމަދު އެވެ. އަދި މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޗީފް ސްޓްރެޓަޖީ އޮފިސާ، ޑރ. މަރިޔަމް ވަސީމާއެވެ.

މެޑްޓެކަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއާއި ގުޅުން ހުރި އައު ޓެކްނޮލޮޖީ އާއި ސާމާނު ދިވެހި މާކެޓަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން މެޑްޓެކްއަކީ ދުނިޔޭގެ ނަން މަޝްހޫރު ފިލިޕްސް ހެލްތްކެއަރ ބްރޭންޑްގެ ދިވެހިރާއްޖޭގެ ޕާރޓްނަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މީޑިއާނެޓަކީ މިއަހަރު ކްލަބް މޯލްޑިވްސްގެ ކަވަރޭޖް ޕާޓްނަރެވެ. އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް ޓީވީ އަދި އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނެ އެވެ. މި މުބާރާތުގެ މެޗުތަށް ފޯނުން ބަލާލުމަށް ހާއްސަ ޕެކޭޖުތަކެއް މީޑިއާނެޓުން މިހާރުވަނީ ތައާރަފްކޮށްފައެވެ.

ކްލަބް މޯލްޑިވްސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ބާއްވާފައިވާއިރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ ކޯޗުން އަދި މީޑިއާގެ ޓީމަކާއި ދެމެދު ވަނީ ފޯރިގަދަ މެޗެއް ކުޅެވިފަ އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ ދިވެހިރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ މަގުބޫލު ފުޓްސަލް މުބާރާތެވެ.