Advertisement

އާރުޓީއެލް ފެރީގެ ހިދުމަތުން އެންމެ ބޮޑު އަތޮޅު ގުޅުވާލައިފި

14 ޖުލައި 2023 - 09:14 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުވަދޫ އަތޮޅުގައި ހިދުމަތް ފެށުމަށް އާރުޓީއެލްގެ ފެރީއެއް ތައްޔާރުވެފައި - ފޮޓޯ: އެމްޓީސީސީ


އާރުޓީއެލް ފެރީގެ ހިދުމަތުން އެންމެ ބޮޑު އަތޮޅު ގުޅުވާލައިފި

14 ޖުލައި 2023 - 09:14 1

އެންމެ ބޮޑު އަތޮޅު، ހުވަދު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ގެ ހައިސްޕީޑް ލޯންޗު ފެރީގެ އިއްޔެ، ފަށައި މުޅި އެ އަތޮޅު ގުޅުވައިފި އެވެ.

އާރުޓީއެލް އޮޕަރޭޓުކުރާ އެމްޓީސީސީން ބުނީ ހުވަދު އަތޮޅުގައި ވެސް އިއްޔެއިން ފެށިގެން އެއް ހަފުތާއަށް ފެރީ ދަތުރުތައް މުޅިން ހިލޭވާނެ އެވެ. މި ހަފުތާއަކީ އާރުޓީއެލްގެ ހިދުމަތަށް އެ އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމަށް ބޭނުންކުރެވޭ މުއްދަތެއް ކަމަށާއި ހިދުމަތަށް އަގު ނަގަން ފަށާނީ މި މަހުގެ 20 އިން ފެށިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުވަދޫގައި ވެސް އާރުޓީއެލްގެ ހިދުމަތް ހަފުތާގެ ހުރިހާ ދުވަހަކަށް ތާވަލުކޮށްފައިވެ އެވެ. ނުވަ ރޫޓެއްގައި ޖުމްލަ ހަ ފެރީ ބޭނުންކޮށްގެން ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ދޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެ ރޫޓުތަކާއި ފެރީ ތާވަލުތައް އެމްޓީސީސީން ވަނީ އެ ކުންފުނީގެ ސޯޝަލްމީޑިއާ ގައި ހިއްސާކޮށްފަ އެވެ.

އާރުޓީއެލްގެ ހިދުމަތަށް ބޭނުންކުރާ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ، ޒަމާނީ ފެރީތަކެކެވެ. އެ ފެރީތަކަކީ ފަސޭހަކަމާއެކު ވީލް ޗެއާ އާއި ސްޓްރެޗާ ބެހެއްޓޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގަ އެވެ. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އަލަށް ބޭނުންކުރާ އާރުޓީއެލްގެ ފެރީތައް ބަންނަމުން ދަނީ އަލްޝާލީ މެރިންއިންނެވެ.