Advertisement

އައްޑޫ ފޭދޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި ހިންގާނެ ބަޔަކު ހޯދަނީ

13 ޖުލައި 2023 - 12:08 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އައްޑޫ ފޭދޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި ހިންގާނެ ބަޔަކު ހޯދަނީ

13 ޖުލައި 2023 - 12:08 0

އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި އެތަން ހިންގާނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ސ. ފޭދޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި އެތަން ހިންގަން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް ހުޅުވާލާކަމަށެވެ.

އެ މަޝްރޫއުއަށް ޝައުގުވެރިވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. ޝައުގުވެރިކަން ފާޅުކުރާ ކުންފުންޏަކީ މަދުވެގެން 10 އަހަރުގެ ތަޖުރިބާހުރި ކުންފުންޏަކަށް އެ ކުންފުނި ވާން ޖެހެ އެވެ.

އެ އިއުލާނުގައިވާ ގޮތުން ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހަދާ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލެއް ވެސް ހަދަންޖެހޭނެ ކަމަށެވެ. ޔޮޓް މަރީނާއާއި ކްރޫޒް ޓާމިނަލް ހަދަން ކަނޑައަޅާފައިވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާއި އެ ސަރަހައްދާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުގަ އެވެ.

މި މަޝްރޫއުއަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 ގެ ނިޔަލަށެވެ.

އައްޑޫގައި މިފަދަ ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ 2007 ވަނަ އަހަރުގަ އެވެ.