Advertisement

ވެއްޓުނީ ދުވަސްވީ ފާރެއް، އެކަކަށް އަދިވެސް ފަރުވާ ދެނީ

12 ޖުލައި 2023 - 11:50 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އާރްޑީސީގެ މުވައްޒަފުން ނ. ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތުގައި. ފޮޓޯ: އާރްޑީސީ


ވެއްޓުނީ ދުވަސްވީ ފާރެއް، އެކަކަށް އަދިވެސް ފަރުވާ ދެނީ

12 ޖުލައި 2023 - 11:50 0

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ނ. ހޮޅުދޫގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެއްގެ ގަޔަށް ވެއްޓުނީ ދުވަސްވީ ފާރެއް ކަމަށާއި، އަދިވެސް އެކަކަށް ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ހޮޅުދޫ ކައުންސިލުގެ ރައީސް ރިޟްވާން މުހައްމަދު "އަދަދު"އަށް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތުގައި ކޮންނަމުން ދަނީ ފާރުތަކާއި ވަރަށް ކައިރިން ކަމަށާއި، އަދި ވެއްޓުނު ފާރަކީ ވަރަށް ދުވަސްވީ ފާރެއް ކަމަށެވެ.

"މަގު ހެދުމުގެ މަަސައްކަތުގެ ތެރެއިން ކޮންނަމުން ދަނީ ފާރާއި ވަރަށް ކައިރިން. [ވެއްޓުނީ] ވަރަށް ދުވަސްވީ ވަރަށް އުސްކޮށް ރާނާފައި ހުރި ފާރެއް." ކައުންސިލުގެ ރައީސް ރިޟްވާން ވިދާޅުވި އެވެ.

ފާރު ދަށުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި، 50 އަހަރުގެ ފިރިހެނެއް އަދި 60 އަހަރުން މަތީގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ހޮޅުދޫއަށް ނިސްބަތްވާ މީހުން ކަމަށް ރިޟްވާން ވިދާޅުވި އެވެ.

އާރުޑީސީއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެމީހުންގެ ބޭސްފަރުވާއާއި އެހެނިހެން ހަރަދުތައްް ހަމަޖައްސަމުން ގެންދާކަމަށެވެ.

ޒަހަމްވި ތިން މީހުނަށް ވެސް ފަރުވާ ދީފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އޭގެ ތެރެއިން ދެމީހަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އާރްޑީސީގެ އޮފިޝަލަކު އިއްޔެ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ޒަހަމްވި މީހާގެ ޅިނދުކަށިގަނޑުގެ ހަތަރު ތަނަކުން ރެނދުލާފައި ވާތީ ސާޖަރީ ހަދަން ޖެހޭކަމަށެވެ. އަދިވެސް އުނގޫފާރު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އެބަ ދެއެވެ.

ފަރުވާދިނުމަށް ފަހު ދޫކޮށްލި ދެމީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ. އެގޮތުން އެކަކުގެ ވައަތުގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައި ވެއެވެ. އަދި އެކެއްގެ ބޯ ފަޅައިގެން ގޮސްފައި ވެއެވެ.