Advertisement

އަލީ ވަހީދުގެ މައިގަނޑު ފޯކަސް "ފުޓްބޯޅަ އަށް": ވިސްނުމަކީ "ކްލަބް އަކާ ގުޅުން"

11 ޖުލައި 2023 - 18:56 0

އަލީ ވަހީދު، މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު،--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


އަލީ ވަހީދުގެ މައިގަނޑު ފޯކަސް "ފުޓްބޯޅަ އަށް": ވިސްނުމަކީ "ކްލަބް އަކާ ގުޅުން"

11 ޖުލައި 2023 - 18:56 0

ތިން އަހަރަށް ފަހު ރާއްޖެ ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެންމެ ބޮޑު ފޯކަސް އޮތީ ފުޓްބޯޅަ އަށް ކަމަށާއި ވިސްނުމަކީ ކްލަބަކާ ގުޅިގެން ފުޓްބޯޅަ އަށް ހިދުމަތްކުރުމަށް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު، އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ހުންނެވިއިރު، އަލީ ވަހީދު ވަނީ ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އަލުން ރާއްޖެ އައުމަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވީ ބޫޓާން އަތުން "ހަމްޒާ މުހައްމަދު (ހަމްޕު) ވެއްޓިގެން ޕެނަލްްޓީއެއް ޖަހައިގެން ރާއްޖެ މޮޅުވާ" ހިސާބަށް ފުޓްބޯޅަ ވެއްޓެން އޭނާ ނޭދޭ ކަމަށާއި މި މަހުގެ 20 ވަނަ ދުވަހު ފުޓްބޯޅައިގައި އޭނާ ކުރިއަށްދާނެ ގޮތް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

"ޖުލައި 20 ވަނަ ދުވަހު އަޅުގަނޑުގެ ޕްލޭން ހިއްސާކުރާނަން، މި ހުރީ ވަކި މީހެއްގެ ފަޅީގައެއް ނޫން. މި ހުރީ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދޭން،" ނިއު ރޭޑިއަންޓް ޗެއާމަނެއްގެ ގޮތުގައި ހުންނަވައި، ގިނަ ކާމިޔާބީތަކެއް ހޯދި އަލީ ވަހީދު، ޖުލައި 20 ވަނަ ދުވަހަކީ އޭނާގެ އުފަން ދުވަސްކަން ހާމަކުރައްވައި ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަމޭ އެފްއޭއެމް ކަމެއް ކޮށްގެން ކަމެއް. ސަރުކާރުން ކަމެއް ކޮށްގެން ކަމެއް. ތީމާ މީހާ ކަމެއް ކުރަންޖެހެނީ. އެއީ ގަބޫލުކުރާ ކޮންސެޕްޓެއް އެއީ. އަޅުގަނޑު ދެކޭގޮތުގައި ތަޅާފޮޅާގަނެގެން ވާނެ ފައިދާއެއް ނެތް. ބައްސާމް ނުކުމެ ބާލަނީ ދެން ކާކުތޯ، ދެން ކިހިނެއްތޯ ހަދަނީ. އެ ތާގައި އޮތް ދަރަންޏަށް ކިހިނެއްތޯ ހަދަނީ،"

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ފުޓްބޯޅަ ކުރިއަރުވަން ރަށްރަށުގައި ދަނޑުތައް އަޅާފައިވާކަން ބަަލައިގަންނަ ކަމަށެެވެ. އެކަމަކު، އެކަން ނިމުނުއިރު، ހޯމް އެންޑް އަވޭ ކުޅެން ފައިސާއެއް ނެތޭ ބުނުމުން ހިތްހަމަނުޖެހުނު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ނޫން (ފައިސާ) ހުންނަން ޖެހޭނެ، ކީއްކުރަން ހަދާ ދަނޑުތަކެއްތޯ، އަޅުގަނޑުމެން ޑްރޯ ނަގައިގެން ފޮޓޯ ނަގަންތޯ ދަނޑު އަޅަނީ. ދިވެހި ރާއްޖޭގެ ފުޓްބޯޅަ އަލުން ނަގައިގެން ކަމެއް ކުރަން ޖެހޭނަމަ އެންމެ މުހިންމު ކަމަކީ ހޯމް އެންޑް އަވޭ ކުުޅުން. ތޮއްޑޫ އާއި އޭދަފުށި ކުޅެންވީ ޕްރިމިއާ ލީގުގައި ހޯމް އެންޑް އަވޭ. އޭދަފުށްޓަށް ދާއިރު 95 ޕަސެންޓް އެ ރަށް ނުކުންނާނެ ތޮއްޑޫ ބަލިކޮށްލަން. ހަމަ އެ ގޮތަށް އޭދަފުށިން ތޮއްޑޫ އަށް ދާއިރު އެ ޓީމު ބަލިކޮށްލަން ވެސް ނުކުންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު ވިދާޅުވީ އޭނާ ފުޓްބޯޅަ އަށް ކަމެއް ކޮށްދޭން ބަލަނީ "ވަޒީރު ކަމަކުން ނޫނީ އެފްއޭއެމްގެ ކަމަކުން" ނޫން ކަމަށެވެ. އަދި ނިއު ރޭޑިއަންޓްގައި އޭނާ ހުރިއިރު، ހަތަރު އަހަރު ތެރޭ 13 ތަށި ނެގި ކަމަށާއި ކްލަބެއްގައި އޭނާ އަށް މަސައްކަތް ކުރެވޭނެކަން ފުޓްބޯޅަ ސަޕޯޓަރުން ގަބޫލުކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ނިއު ރޭޑިއަންޓް، ވިކްޓަރީ ދެ ވަނަ ޑިވިޝަނުގައި ވެލެންސިއާ ސަަސްޕެންޑްކުރާ ހިސާބުގައި. ހައްލެއް އެބަ ނެރެންޖެހޭ ނޫންތޯ، އަޅުގަނޑު ނުބުނާނަން އަޅުގަނޑު މިއީ އެންމެ ވާ މީހާއޭ އެންމެ މޮޅު މީހާއޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޓީމު ސްޕޯޓެއްގައި ޖެހޭނީ އެ ހުރި މަގާމެއްގައި ކުޅެން. އެ ގޮތުން އެ ލިބޭ މަގާމެއްގައި ފުޓްބޯޅައިގައި ވެސް ކުޅޭނަން ސިޔާސީ މައިދާނުގައި ވެސް ކުޅޭނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސިޔާސީ ދާއިރާ އަށް ވުރެ ފުޓްބޯޅައިގެ މީހުން އޭނާ އަށް އިތުބާރުކުރާ މިންވަރު ބޮޑުވާނެ ކަމަށާއި ވިސްނުމަކީ ކްލަބް އަކަށް ވަނުން ކަމަށެވެ.

"އަަޅުގަނޑު ބޭނުމެއް ނޫން ކަމަކަށް ހުވަފެން ދެކިގެން އެ ކަމެއް ކުރާކަށް. އެފްއޭއެމްގެ ރައީސަކަށް އާދެވޭނެ މިހާރު ވެސް ގާތްގަނޑަކަށް ވަކި ވަރަކަށް ލާރި ހުރިއްޔާ މާދަމާ ހެނދުނު އިރުއަރާ އިރު ވެސް. އައި ޑޯންޓް ވޯންޓް ދެޓް. ހުރިހާ ކްލަބްތަކެއްގެ މީހުން އެތަނަށް ލައިގެން އެ މީހުންނަށް ކޮންމެ މަހަކު ސަބްސިޑީ ދީގެން އެ އެއް ނޫން އެފްއޭއެމް ހިންގަންޖެހޭ ގޮތަކީ ހިނގަން ވާ ގޮތަކީ، އެހެން ހިނގީމަ މިހެން މިވީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގައި ތިބި ކުޅުންތެރިންނަށް ކޮންމެ ވެސް ކަމެއް ކޮށްދޭން ބޭނުންވާ ކަމަށާއި އެއީ އޭނާގެ "ޕެޝަން" ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ފުޓްބޯޅައިގައި ވެސް ސިޔާސީ ދާއިރާގައި ވެސް "ދުޝްމަނެއް" ނުހުންނާނެ ކަމަށެވެ.

މި ސަރުކާރުގައި އަލީ ވަހީދު މަސައްކަތް ކުރެއްވިއިރު، އޭނާ ވަނީ ވަގުތީ ގޮތުން ޔޫތު މިނިސްޓަރީ ހިންގެވުމުގެ ޒިންމާއާ ހަވާލުވެ ހުންނެވިއިރު، އެފްއޭއެމާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.