11 ޖުލައި 2023 - 00:53 0
ފާތިމަތު ސާޔާ އަހުމަދު
މީހަކު ހަތިމެއް ހިފަހައްޓައިގެން.
11 ޖުލައި 2023 - 00:53 0
ދީންތަކާ މެދު ނަފުރަތު އުފެއްދުމާއި ނަފުރަތު ފެތުރުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ހުށަހެޅުމަކާ މެދު ބަހުސް ކުރަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
ގަރާރުގެ ދެލިކޮޕީ ތައްޔާރުކޮށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ) ގެ މެމްބަރު 57 ގައުމުގެ ފަރާތުން ގަރާރު ހުށަހެޅީ ޕާކިސްތާނުންނެވެ.
މިދިޔަ މަހު ސްވިޑަންގައި ގުރުއާން އެންދި މައްސަލައިގައި އޯއައިސީން ބުނީ އެއީ "އިހްތިރާމް ކުޑަކޮށް، ޖައްސާލައި، ރުޅިވެރިކަން ފެތުރުމުގެ ނިޔަތުގައި" ހިންގާ އަމަލެއް ކަމަށެވެ.
ގަރާރުގައި ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކާއި އެހެން ބައެއް ގަައުމުތަކުގައި ތަކުރާރުކޮށް ގުރުއާން އަންދާ މައްސަލަ ކުށްވެރިކޮށްފަ އެވެ.
އެކަމަކު ހުޅަނގުގެ ޑިޕްލޮމެޓުން އެ ގަރާރާ ދެކޮޅެވެ. އެ މީހުން ބުނަނީ އެއީ އިންސާނީ ހައްގުތައް ހިމާޔަތް ނުކޮށް ދީނީ ޝިއާރުތައް ހިމާޔަތް ކުރަން ބާރުއަޅާ ގަރާރެއް ކަމަށެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި 47 މެމްބަަރު ގައުމު ހިމެނޭ އިރު، އޭގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ ގައުމުތަކުގެ ތެރޭގައި އޯއައިސީގެ މެމްބަރު 19 ގައުމު ހިމެނެ އެވެ.
ޗައިނާ ފަދަ އިސްލާމީ ނޫން ބައެއް ގައުމުތަކުން ވެސް ވަނީ އެ ގަރާރަށް ތާއީދުކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment