Advertisement

ކޮމަންޑޫން މިއަދު ފެށި ކެމްޕެއިނު، ރައީސަށް ހެޔޮ ފާލަކަށް

9 ޖުލައި 2023 - 12:09 0

ށ. ކޮމަންޑޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކޮމަންޑޫއަށް ވަޑައިގެން؛ ރައީސް ވިދާޅުވީ މިއީ ރަނގަޅު މިސްރާބެއް ކަމަށް-- ފޮޓޯ: އެމްޑީޕީ


ކޮމަންޑޫން މިއަދު ފެށި ކެމްޕެއިނު، ރައީސަށް ހެޔޮ ފާލަކަށް

9 ޖުލައި 2023 - 12:09 0

ށ. ކޮމަންޑޫ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެންނެވުމުން ދާއިރާގެ އެމްޑީޕީ ރައީސް ވިދާޅުވި ވާހަކަ އެކެވެ. މި ރަށުން ފެށި ކެމްޕެއިނެއްގައި ވާދަކުރި އިންތިހާބަކުން މިހާތަނަށް ބަލިވެފައި ނެތެވެ. އޭގެ ކޮންމެ އިންތިހާބެއް ވެސް ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.

ކެމްޕެއިނު ޖަލްސާގައި ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވެސް ތަކުރާރު ކުރެއްވީ އެ ވާހަކަ އެވެ.

"ކޮމަންޑުއަކީ ކެމްޕެއިނު ކުރެއްވުމަށް ޓަކައި ވަރަށް ފަރިތަ ބޭފުޅުން ތިބި ތަނެއް، އަބަދު އަޅުގަނޑުމެން ކުރާ ކަމެއް، މަހަކު [އެވްރެޖުކޮށް] ކެމްޕެއިނެއް އަޅުގަނޑުމެން ކޮށްފިން މި ފަސް އަހަރު ތެރޭ،" ޕީޕީއެމްގެ މައްޗަށް ކުރި ހޯދާނެ ކަމުގެ ޔަގީން ކަން ދެއްވަމުން ޝިނާން ވިދާޅުވި އެވެ.

އެ ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ކެމްޕެއިނުގެ ފުރަތަމަ މަންޒިލަކަށް މި ރަށް ވެގެން ދިޔައީ ސަބަބެއް ނެތި ނޫން ކަމަށާއި މިއީ ކެމްޕެއިނަށް ފަރިތަ، މޮޅަށް ކެމްޕެއިނު ކުރަން އެނގޭ ބަޔަކު ތިބި ރަށެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފެށުން މިއޮތީ ރަނގަޅު މިސްރާބެއްގައި، މި ރަށާއި މި ދާއިރާ އިރާދަކުރެއްވިއްޔާ މި ރިޔާސީ އިންތިހާބުގައި މި ކޯލިޝަނަކަށް ބޮޑުތަނުން ބޮޑުތަކުން ކާމިޔާބުކުރާނެ،" މިއީ ހެޔޮ ފާލެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް އެއާޕޯޓު އަޅައިދެއްވައި މަތިކޮމަންޑޫގައި އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ރިޔާސީ ކެމްޕެއިނުގައި އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މި އަތޮޅު ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި ފޯކައިދުއަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާހެން މިނިސްޓަރުންނާއި އެމްޑީޕީގެ އިސްވެރިން ބައިވެރިވަޑައިގަންނަވަ އެވެ.