Advertisement

ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ހައްގު: އުރުދުގާން

9 ޖުލައި 2023 - 06:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.


ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ހައްގު: އުރުދުގާން

9 ޖުލައި 2023 - 06:11 0

ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ހައްގުވާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

އުރުދުގާން އެގޮތަށް ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުރުކީއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

"ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ހައްގުވާ ކަމާ މެދު އެއްވެސް ޝައްކެއް ނެތް،" އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން އެގޮތަށް ވިދާޅުވި އިރު، ނޭޓޯގެ މެމްބަރުކަން ހޯދަން މަސައްކަތް ކުރަމުންދާ ސްވިޑަންއަށް އޮތް ހުރަހަކީ ތުރުކީގެ ރުހުން ނުލިބުމެވެ.

މި އަހަރުގެ ކުރީކޮޅު ތުރުކީގެ ޕާލަމެންޓުން ވަނީ ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމާ މެދު މައްސަލައެއް ނެތް ކަމަށް ނިންމައިފަ އެވެ.

އުރުދުގާން އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ ގޮދަން އެކްސްޕޯޓް ކުރަަން ރަޝިއާއާ އެކު ހެދި އެއްބަސްވުން ދަންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ އެއްބަސްވުން ޖުލައި 17 އަށް ހަމަވާ އިރު، ރަަޝިއާއިން ބުނީ އެއްބަސްވުން އިތުރަށް ތަންފީޒު ކުރަން ބޭނުން ނުވާ ކަމަށެވެ.

ރަޝިއާގެ ޑިމާންޑަކީ އެ ގައުމުގެ ބައެއް ކާތަކެއްޗާއި ފާޓިލައިޒާ އެކްސްޕޯޓް ކުރެވޭނެ ގޮތް ވެސް އެއްބަސްވުމުގެ ދަށުން ފަހިކުރުމެވެ.

އުރުދުގާން ވިދާޅުވީ އަންނަ އޯގަަސްޓު މަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދަތުރުގެ ތެރެއިން މުހިއްމު މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.