Advertisement

ސުވާދީބު އަފީފު ދީދީގެ ދަރިކަލުން އިބްރާހިމް އަފީފް އަށް އައިސީޔޫގައި ފަރުވާދެނީ

8 ޖުލައި 2023 - 11:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސުވާދީބު ދައުލަތުގެ ވެރިޔާ އަބްދުﷲ އަފީފު ދީދީގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފް : އޭނާއަށް ދަނީ ސީޝެލްސްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން -


ސުވާދީބު އަފީފު ދީދީގެ ދަރިކަލުން އިބްރާހިމް އަފީފް އަށް އައިސީޔޫގައި ފަރުވާދެނީ

8 ޖުލައި 2023 - 11:16 0

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ދެކުނުގެ އަތޮޅުތަކުގައި އިއުލާނުކުރި ސުވާދީބު ދައުލަތުގެ ވެރިޔާ އަބްދުﷲ އަފީފު ދީދީގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ސީޝެލްސްގައި ދިރިއުޅުއްވަމުން ގެންދަވާ އިބްރާހިމް އަފީފަށް އައިސީޔޫގައި ފަރުވާދެމުންދާކަން އޭނާގެ އެކުވެރިޔެއް ކަމަށްވާ ދިވެހި ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ ސޯޝަލް މީޑިއާގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ނާޖިހު ލިޔުއްވާފައިވާ ގޮތުގައި އިބްރާހިމް އަފީފު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވަނީ އޭނާ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ސީޝެލްސްއަށް އެނބުރި ވަޑައިގަތުމާ އެކުގަ އެވެ. އިބްރާހިމަކީ އަފީފް ދީދީގެ ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ވަޑައިގަންނަވާ ދިވެހިންނާއެކު އެންމެ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅާ އެވެ.

އަބްދުﷲ އަފީފު ދީދީ އަދި އޭނާގެ އާއިލާ އައްޑޫގައި - ފޮޓޯ: ފައިލް


ސުވާދީބު ދައުލަތް އުވި، އައްޑޫގައި ހުރި އެ ދައުލަތުގެ މައި ދިދަ ތިރިކުރުމާއެކު، އިނގިރޭސީންގެ ހިމާޔަތުގައި އަފީފު ދީދީ އަދި އާއިލާ ސީޝެލްސްއަށް ވަޑައިގަތީ ސެޕްޓެމްބަރު 30، 1963 ގަ އެވެ. އެއަށްފަހު އެ ގައުމުގެ ރަށްވެހިކަން ހޯއްދަވާ އަފީފު އަދި އޭނާގެ އާއިލާއިން ވަނީ ސީޝެލްސްގައި ވަޒަންވެރިވެފަ އެވެ. އެގޮތުން މިވަގުތު ސީޝެލްސްގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވީ އަފީފުގެ ދަރިކަލުން، އަހުމަދު އަފީފެވެ.