Advertisement

ލުބްނާންގެ މިސްކިތެއްގައި ބަޑި ޖަހައި އެކަކު މަރުވެއްޖެ

8 ޖުލައި 2023 - 05:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ހާދިސާގައި އެކަކު މަރުވެ ފަސް މީހުންނަށް އަނިޔާވި.


ލުބްނާންގެ މިސްކިތެއްގައި ބަޑި ޖަހައި އެކަކު މަރުވެއްޖެ

8 ޖުލައި 2023 - 05:33 0

އިއްޔެގެ ހުކުރު ނަމާދު ވަގުތާ ދިމާކޮށް ލުބްނާންގެ މިސްކިތެއްގެ ތެރޭގައި ބަޑި ޖެހުމުން އެކަކު މަރުވެ، ފަސް މީހުންނަށް އަނިޔާވެއްޖެ އެވެ.

އިރުމަތީ ބާރް އެލިއާސް އަވަށުގެ މިސްކިތެއްގައި ބަޑި ޖެހި ސަބަބު ސާފެއް ނޫނެވެ.

ދައުލަތުގެ ނޭޝަނަލް ނިއުސް އޭޖެންސީން ބުނީ ލުބްނާންގެ ސިފައިންނާއި ބަޑިޖެހި ކަމަށް ތުހުމަތު ކުރެވޭ މީހާއާ ދެމެދު ހަމަލާ ބަދަލުކުރި ކަމަށެވެ. އެކަމުގެ ތެރޭގައި އެ މީހާއަށް ވެސް އަނިޔާވި އެވެ.

ސެކިއުރިޓީ އޮފިޝަލަކު ބުނީ މަރުވި ފިރިހެން މީހާ އާއި އަނިޔާވި ފަސް މީހުންނަކީ ވެސް ސީރިއާގެ ރައްޔިތުން ކަމަށެވެ.

ބާރް އެލިއާސް އަވަށަކީ ގިނަ އަދަދެއްގެ ސީރިއާ ރެފިއުޖީން ދިރިއުޅޭ ތަނެކެވެ. އެ މީހުން ލުބްނާނަށް ހިޖުރަ ކުރީ ސީރިއާގެ 12 އަހަރުވީ ދާހިލީ ހަމަނުޖެހުމުން ސަލާމަތްވުމަށެވެ.

ލުބްނާންގަި މިލިއަނަކަށް ވުރެ ގިނަ ސީރިއާގެ ރެފިއުޖީން ދިރިއުޅޭ އިރު، އޮކްޓޯބަރު 2019 ގައި ލުބްނާންގެ އިގްތިސާދު ކާރިސާއަކަށް ވެއްޓުމާ އެކު ރެފިއުޖީންނާ ދެކޮޅު ވިސްނުން ދަނީ ފެތުރެމުންނެވެ.

އިގްތިސާދީ ކާރިސާ ކުރިމަތިވީ ކޮރޕްޝަނާއި ކަންކަަން މެނޭޖް ކުރުމުގައި ސަރުކާރު ނާގާބިލްވުމުންނެވެ. ލުބްނާންގެ އާބާދީގެ ހަ މިލިއަން މީހުންގެ ތެރެއިން މެޖޯރިޓީ މިހާރު ދިއިރުޅެނީ ފަގީރުކަމުގަ އެވެ.