Advertisement

މެމްބަރު ޒަރީރު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ގައްބަރޭ މިނިވަންކޮށްފި

6 ޖުލައި 2023 - 14:31 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


މެމްބަރު ޒަރީރު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ގައްބަރޭ މިނިވަންކޮށްފި

6 ޖުލައި 2023 - 14:31 0

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ޖަލު ބަންދުގައި ހުއްޓާ ކޯޓުން އޭނާ މިއަދު މިނިވަންކޮށްފި އެވެ.

ގައްބަރޭ، 32، ދޫކޮށްލި ސަބަބު މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމަކު އޭނާއަކީ ނުރައްކާތެރި މާރާމާރީ ހިންގުމުގެ ތާރީހެއް އޮންނަ މީހެކެވެ.

ޒަރީރަށް ހަމަލާދިނީ މެއި 1، ވަނަ ދުވަހު މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.

ގައްބަރޭއަކީ ކުރިން މާލޭގައި މަޝްހޫރު ގޭންގު ލީޑަރެކެވެ. މާރާމާރީ ހިންގުމާއި މަރުގެ ދައުވާތައް ވެސް މީގެ ކުރިން އޭނާގެ މައްޗަށް އޮތީ އުފުލައިފަ އެވެ. ހުކުމެއްގައި ހުރެ ބޭހަށް ފޮނުވުން އިންޑިއާގައި ފިލައިގެން ވެސް އޭނާ އުޅުނެވެ.

މީގެ ކުރިން 2007 ވަނަ އަހަރު، ހ. ކުބުރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި ގައްބަރޭ ވަނީ އިއުތިރާފުވެފަ އެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އިޝާރު މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ގައްބަރޭގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް ކުޑަކުދިންގެ ކޯޓުން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ މައްސަލައިގައި ހުކުމް ކުރީ 2010 ވަނަ އަހަރެވެ.