Advertisement

ވިއެޓްނާމްގައި 'ބާބީ' ފިލްމު ދެއްކުން މަނާކޮށްފި

4 ޖުލައި 2023 - 06:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

'ބާބީ' ފިލްމުގެ މަންޒަރެއް.


ވިއެޓްނާމްގައި 'ބާބީ' ފިލްމު ދެއްކުން މަނާކޮށްފި

4 ޖުލައި 2023 - 06:11 0

ހަނޮއި، ވިއެޓްނާމް (ޖުލައި 3) - ދެކުނު ޗައިނާ ކަނޑުގެ ޗާޓެއް ދައްކާތީ 'ބާބީ' ފިލްމު ސިނަމާތަކުގައި ދެއްކުން ވިއެޓްނާމްގައި މަނާކޮށްފި އެވެ.

ގްރެޓާ ގާވިގް ޑައިރެކްޓު ކުރި ކޮމެޑީ ފިލްމުގައި ފެނިގެން ދަނީ މާގޮޓް ރޮބީ އާއި ރަޔަން ގޮސްލިންގް އެވެ. އެ ފިލްމު ވިއެޓްނާމްގައި ރިލީޒްކުރަން ހަމަޖެހިފައި އޮތީ ޖުލައި 21 ގަ އެވެ.

އެހެން ނަމަވެސް ސަރުކާރުގެ ނިންމުމާ އެކު ސިނަމާތަކުގެ ޝެޑިއުލުން މިހާރު ވަނީ ފިލްމު އުނިކޮށްފަ އެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާއި ވިއެޓްނާމުން ވެސް ދައުވާ ކުރާ ސަރަހައްދެއް އޮވެ އެވެ. ފިލްމުގައި ދައްކާ ޗާޓުން ފެންނަނީ ޗައިނާއިން ބޭނުންވާ ގޮތަށް ޗާޓު އޮއްވަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ޗާޓު ފިލްމުގައި ތަކުރާރުކޮށް ފެނެ އެވެ. ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ވިއެޓްނާމްގައި ފިލްމެއް ދެއްކުމުގެ ކުރިން ސެންސަރު ބޯޑުގެ ހުއްދަ ހޯދަން ޖެހެ އެވެ.

އެކްޓަރު ޓޮމް ހޮލޭންޑްގެ 'އަންޗާޓެޑް' މިދިޔަ އަހަރު މަނާކުރީ ވެސް ޗާޓުގެ މައްސަލައިގަ އެވެ. އޭގެ އިތުރުން 2018 ގައި 'ކްރޭޒީ ރިޗް އޭޝިއަންސް' ފިލްމު ވިއެޓްނާމްގައި ދެއްކުނީ ޗާޓު ފެންނަަ މަންޒަރުތައް އުނިކޮށްގެންނެވެ.